ޕާކިސްތާނަށް އުފަން ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިއެއް އަދި އެކްޓަރެއް ކަމަށްވާ އަލީ ޒަފަރް ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ މީޝާއާއި ދެކޮޅަށް ގަސްދުގައި އަބުރަށް އަރައިގަތުގެ ދަޢުވާ ކޮށްފިއެވެ.

ޒަފަރް ދަޢުވާ ކޮށްފައިވަނީ އޭނާ އާއި ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރުމުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށްބުނެއެވެ. މީޝާވަނީ މީގެ ދެތިން މަސް ކުރިން ޒަފަރް އޭނާ ރޭޕް ކުރިކަމަށްބުނެ ޓުވިޓަރ މެދުވެރިކޮށް އެކަން އާއްމުކޮށްފައެވެ.

މީޝާގެ ޓްވީޓްގައި ބުނެފައިވަނީ އޭނާއަށް ޒަފަރް ޖިންސީ ގޯނާ އެތައް ފަހަރަކު ކޮށްފައިވާ ކަމަށާއި މިކަން އޭނާކޮށްފައިވަނީ އޭނާ އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ކަމަށެވެ. މީޝާގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މިއީވެސް ދައްކަން ޖެހޭ ވާހަކައެއް ކަމަށާއި މަންމަންވުން ދޫކޮށް އޭނާ ގޮތަށް އެހެން ގިނަ އަންހެނުން މިފަދަ ކަންކަމުގެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ.

ޒަފަރްވަނީ މިތުހުމަތުތައް ދޮގުކޮށްފައެވެ. ޒަފަރް ބުނެފައިވަނީ މިއީ އޭނާގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތު ތަކެއް ކަމަށް ކަމަށެވެ. އަދި މިވާހަކަތައް ދޮގުކޮށް ތެދު ހާމަ ކުރުމަށް މީގެ އެއްމަސް ދުވަސް ކުރިން މީޝާ ކައިރިން އެދިފައިވާނެ ކަމަށްވެސް ޒަފަރް ބުނެފައިވެއެވެ. އަދި މިގޮތަށް މިކަން ނުކޮށްފިނަމަ ކޯޓްއަށް ދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އޭނާއަށް ލިބުނު ގެއްލުމުގެ ބަަދަލުގައި ޒަފަރް ހޯދުމަށް ހުށަހަޅާފައިވަނީ 1 ބިލިޔަން ރުޕީސް އެވެ.

ކިޔުންތެރިންގެ ހިޔާލު