ފްރީސްޓައިލް ކުރުމަކީ ރާއްޖޭގައި އެހާ އާންމު ކަމަކަށް ނުވި ނަމަވެސް، ފަހަކަށް އައިސް ބައެއް ޒުވާނުންވަނީ އެކަން ދަސްކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި ގިނަ ޒުވާނުން އެކަމަށް ޝައުގު އުފެދޭ މިންވަރު ވެސް މިހާރު ވަނީ އިތުރުވެފައެވެ.

އެގޮތުން ފްރީސްޓައިލްގައި މިހާރު އެތައް ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އެއް ޒުވާނަކީ ހުސެއިން މިއާޒް (މިއައްޓެ)އެވެ.

ޓިކްޓޮކްގައި ދާދި ފަހުން އެ ހުނަރުތަކުގެ ވީޑިއޯތައް ހިއްސާ ކުރަން ފެށި މިއައްޓެގެ އެކައުންޓްގައި މިހާތަނަށް 131 ފޮލޯވަރުން އެބަ ތިއްބެވެ.

އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެގޮތުން ބަލާއިރު، މީގެ އެއްދުވަސް ކުރިން އޭނާ ލާފައިވާ ވީޑިއޯއެއް 6،000 އަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އެންމެ ފަހުން ލާފައިވާ ވީޑިއޯ ވެސް 1،000 ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

https://www.tiktok.com/@miatteyy/video/6987075718832327937?_d=secCgYIASAHKAESMgowqQBUksh%2F%2BiJEJZn0dzOHp4ai9FB3IFna0zoFP%2Bj1iMkJy2u6UDcWpNzp4LsCEThuGgA%3D&checksum=b8ece5b6b6b6b80b8a664a7cf6cbc1457f9c5bb090350db734ee6051f7d524f3&language=en&preview_pb=0&sec_user_id=MS4wLjABAAAAv4bjHSQmGpr4dm-xnOxm9yDj2kRNCud_9wR1U3bzP2Jl7fSL0RGec1kBzC2b_JuY&share_app_id=1233&share_item_id=6987075718832327937&share_link_id=E484A56E-35E2-40F6-96D3-AE2108B546FF&source=h5_m×tamp=1626958196&tt_from=messenger&u_code=djcij774jf65fg&user_id=6981064758309225473&utm_campaign=client_share&utm_medium=ios&utm_source=messenger&_r=1

މިއައްޓެ އާއްމު ކޮށްފައިވާ ވީޑިއޯތަކަށް ބަލާއިރު، ބޯޅަ އެކި ގޮތްގޮތަށް ކޮންޓްރޯލްކޮށް، ތަފާތު މޮޅު ގޮތްގޮތް އޭނާ ވަނީ ބޯޅަ ބޭނުން ކޮށްގެން ހަދާފައެވެ.

ފްރީސްޓައިލް ދެކެ ލޯބިވާ އެކަމަށް ދެވި ހިފާފައިވާ މިއައްޓެ ހުރީ އޭނާގެ ހުނަރު އާއްމުންނަށް ދައްކާލަން ކެތް މަދުވެފައި ކަން ހަމަ ޔަގީނެވެ.

މިހާރު ދިވެހި ގިނަ ޒުވާނުންވެސް އެ މީހުންގެ ހުނަރުވެރިކަން ދެއްކުމަށް އެންމެ ގިނައިން ބޭނުން ކުރާ އެއް ޕެލްޓް ފޯމަކީ ޓިކްޓޮކެވެ.