ހޮނިހިރު ވިލޭރޭ ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ހަނދު ފެންނާނީ އޮރެންޖު ކުލައިން ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. ނަމަވެސް އޮރެންޖު ކުލައިން ރާއްޖެ އަށް ހަނދު ފެނުމުގެ ފުރުސަތު ކުޑައެވެ. އޮރެންޖު ކުލައިން އެންމެ ރީތި ހަނދެއް ފެންނާނެ ކަމަށް ބެލެވެނީ އެމެރިކާ ބައްރުގެ ގައުމުތަކަށެވެ. އޮރެންޖު ކުލައިން ހަނދު ފެންނާނެ އެއް ސަބަބަކީ މިދުވަސްވަރު އެމެރިކާ ބައްރުގެ ގައުމުތަކަށް ހޫނު ގަދަވުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މެއި މަހާއި ޖޫން މަހުގެ ތެރޭގައި އަންނަ އެންމެ ހަނދު ބޮޑުވާ ރެއާއި ގުޅުވައިގެން ވަރަށް ގިނަ ގައުމުތަކުގައި ތަފާތު ނަންތައް ކިޔައެވެ. އެއީ ސޮލްމަން ހަނދު ކަމަށް ވެސް ބައެއް ސަރަހައްދުތަކުގައި ކިޔައި އުޅެއެވެ. އެއީ މަހުގެ ބާވަތެއް ކަމަށްވާ ސޮލްމަން ބައެއް ސަރަހައްދުތަކުން ފެންނަން ފަށާ ދުވަސްވަރަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ.

އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުގައި މިއީ ހޮނުގުގުރީގެ ހަނދު ކަމަށް ވެސް ކިޔައި އުޅެއެވެ. އެއީ މިދުވަސްވަރު އުތުރު އެމެރިކާގެ ބައެއް ގައުމުތަކަށް ވަރަށް ގަދައަށް ހޮނު އަޅާތީއެވެ.

ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ޖޫން ޖުލައި ގައި ފެންނަ ބޮޑު ހަނދަށް އެންމެ އާއްމުކޮށް ކިޔައި އުޅެނީ ފިނިފެންމަލުގެ ހަނދެވެ. ސަބަބަކީ ހަނދު ރީތި ކަމުންނެވެ. އޮރެންޖު ކުލައިން ހަނދު ފެނުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް ޔޫރަޕްގެ ގައުމުތަކުގައި ގަބޫލު ކުރެއެވެ.

ބުޑިސްޓުންނާއި ހިންދޫން ވެސް ހާއްސަ ގޮތެއްގައި ޖޫން ޖުލައިގެ ބޮޑު ހަނދު ފެނުން ފާހަގަ ކުރެއެވެ. ހިންދޫން މިހަނދަށް ކިޔައި އުޅެނީ ގުރޫ ހަނދެވެ. ބުޑިސްޓުން މިހަނދު ފެންނަ ދުވަހަށް ކިޔައި އުޅެނީ ޑަރޫމާ ދުވަހެވެ.

ނާސާގެ މައުލޫމާތުތައް ދައްކާ ގޮތުގައި ހުކުރު ދުވަހު ހަނދު އަރާނީ ރާއްޖޭ ގަޑިން ހަވީރު 17:30 ގައެވެ. ހަނދު އޮރެންޖު ކުލައަށް ފެންނަ ގައުމުތަކުގައި އޮރެންޖު ކުލައަށް ހަނދު ފެންނަން ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 18:37 ގައި ކަމަށް ނާސާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥާާޏޫޥާާ

    ޤަަަަޢިބު ނޭނޤޭނެ ޢެޢްޥެސް މަޙްލޫޤަކަށ ޤަަޢިބު ޤެ ޠަޅުދަނޑިޠަށް މިލްކު ވަނިިިީޑ ﷲ ޢަޢް ޢެކަނި ޤަޢިބަށް ދަޢުވަަަަާ ކުޜަަާ މިިިިީހަަާ ޢަާޢި ޢެޤަބުޫލު ކުރަަާ މީޙަާ ވެސް ﷲ އަށް ޝިޜުކު ކޮޢްފި ޢަދި ކާާފަޜު ވެޢްޖެ

  2. ރެހި

    ހަނދަށް އަރާނެ ކުލަ ބުނަން ޝޭޚުންނަށް ވުރެން މޮޅުވާނީ ކޮންބައެއް؟