ޑުވޭން ޖޯންސަން (ރޮކް) ފާސްޓް އެން ފިއުރިއަސްގެ އާ އެއްވެސް ފިލްމަކުން ދެން ނުފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ރޮކް އާއި ވިން ޑީސެލް އާ ޖެހުނު މައްސަލައަކާ ގުޅިގެން ދެ ތަރިންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވާތާ ދެ ތިން އަހަރު މިހާރު ވަނީ ވެފައެވެ. ޑީސެލް އަކީ ފިއުރިއަސްގެ މައިގަނޑު ކެރެކްޓާއަށްވާއިރު އޭނާ ވަނީ ރޮކް އާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެ ގުޅުމެއް ރޮކް އާއެކު ނުބޭއްވުނުކަން އޭނާ ވެސް ފާހަގަކުރިއެވެ.

ފާސްޓް އެންޑް ފިއުރިޔަސްގެ ފިލްމެއްގެ ތެރެއިން
ފޮޓޯ : ޔުނިވާސަލް ޕިކްޗާސް

ރޮކް އާއި ޑީސެލްގެ ރޯލަކީ ވަރަށް ހިތްގައިމު ރޯލެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރާ އިރު ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައަށް ފަހުގައި ފިލްމުގައި ދެ ތަރިން ދެއްކީ ވަރަށް ތަފާތު ކެރެކްޓާއެއްކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް އެއީ ޝޫޓިންގައި އެކްޓު ކުރާ ގޮތަށްވާ އިރު އެއީ އަސްލާއި މުޅިން ތަފާތު ކަންތައްތަކެވެ.

ފާސްޓް އެންޑް ފިއުރިއަސްގެ ފިލްމަކުން ރޮކް ނުފެނާނެ ކަން ރޮކް ޔަގީންކޮށްދީފައިވާ އިރު ރޮކް ބުނީ ހޯބްސް އާއި ޝޯރ ސީކުއެލްގައި އޭނާ ފެނިގެން ގޮސްދާނެ ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ފާސްޓް އެންޑް ފިއުރިއަސްއިން ރޮކް ނުފެންނާނެ ކަމަށް އޭނާ ބުނާ އިރު އޭނާގެ ފޭނުންނަށް މިއީ ވަރަށް ހިތާމަވެރި ހަބަރަކަށް ވާނެއެވެ. ރޮކް އަކީ ފޭނުން އެހާ ގިނަ ފަންނާނަކަށްވާ އިރު އޭނާގެ ފިލްމުތަކަށް އެތައް ބައެއްގެ ތަރުހީބު އަބަދުވެސް ލިބެއެވެ.