ހޮލީވުޑް ގެ މަޝްހޫރު ތަރި ޓޮމް ކުރޫޒް އޭނާގެ ފިލްމް މިޝަން އިންޕޮސިބަލްގެ އިތުރު ފިލްމްތަކެއް އުފެއްދުމުގެ ވިސްނުން އެބަހުރި ކަމަށް ބުނެފިއެވެ.

ޓޮމް ބުނިގޮތުގައި މިޝަން އިންޕޮސިބަލްގެ ދޭއް ނުވަތަ ތިން ފިލްމެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި .އެ ފިލްމުގެ އިތުރު ބައެއް އުފެއްދުމުގައި އޭނާގެ ތަފާތު ހިޔާލްތަކެއް އެބަހުރިކަމަށެވެ.

ނަމަވެސް މީޑިޔާތަކާ އެ ހިޔާލުތަށް ހިއްސާ ކުރަން މީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ޓޮމް ބުނެއެވެ. ޓޮމް ކުރޫޒް އިތުރު ފިލްމެއް އުފެއްދުމުގެ ވިސްނުން ހުއްޓަސް މި ސީރީސްގެ އިތުރު ފިލްމްތަކެއް އުފެއްދުމުގައި އޭނާގެ ބައިވެރިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް މިޝަން އިމްޕޮސިބަލް ފޯލްއައުޓް ގެ ޑައިރެކްޓަރ ވަނީ ބުނެފައެވެ.

ގޯލްޑެން ގުލޯބް އެވޯޑް ތިން ފަހަރު ހޯދާފައިވާ އެމެރިކާ އެކްޓަރު އަދި ޕްރޮޑިއުސަރު އުމުރުން 55 އަހަރުގެ ޓޮމް ކުރޫޒް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ލަންޑަންގައި ފިލްމްގެ އެކްޝަން މަންޒަރެއް ނަގަން އިމާރާތެއްގެ މަތިން އެހެން އިމާރާތެއްގެ މައްޗަށް ފުންމައިލަން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވި ނަމަވެސް، އޭނާ ދެން އެންމެ ފަހުން ފެނިގެންދާނެ ފިލްމް މިޝަން އިމްޕޮސިބަލް ފޯލްއައުޓް ވަނީ މި މަހު ރިލީޒް ކޮށްފައެވެ.

"މިޝަން އިމްޕޮސިބަލް ފޯލްއައުޓް" ގައި ކްރޫޒާ އެކު، ފަސް ވަނަ ފިލްމުން ވެސް ފެނިގެން ދިޔަ ރެބެކާ ފާގަސަސް، އެލެކް ބޯލްޑްވިން އަދި ސައިމަން ޕެގް ފަދަ ތަރިން ފެނިގެންދާ އިރު، ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި މޭން އޮފް ސްޓީލް ގައި ސްޕަމޭންގެ ރޯލް ކުޅުނު ހެންރީ ކެވިލް ހިމެނެ އެވެ.

"މިޝަން އިމްޕޮސިބަލް" ސީރީޒްގެ ފަސް ވަނަ ފިލްމް "ރޯގް ނޭޝަން" ގެނެސް ދިނީ 2015 ގަ އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 682.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.