އިންޑިއާގެ ސިޓީއެއް ކަމަށްވާ ދެހްރާދުންގައި ހިންގަމުން އަންނަ ސްކޫލެއްގެ އިސްވެރިއަކު އެސްކޫލުގައި ކިޔަވަމުން އަންނަ 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފިއެވެ.

އިންޑިއާގެ ފުލުހުން ބުނީ، އެ ސްކޫލަކީ އެއީ ތަނަވަސްކަން ނެތް މީހުންނަށް ކިޔަވައި ދިނުމަށް އޭނާ ހުޅުވައިގެން އުޅޭ ސްކޫލެއް ކަމަށާއި ދަރިވަރަކު ރޭޕް ކުރި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އޭނާގެ އިތުރުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާގައި އާއްމު ކޮށްފައިވާ ރިޕޯޓުން ބުނާ ގޮތުގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހާއަކީ އެސްކޫލުގެއަންހެން ކުދިން އުޅޭ ފަންގިފިލާގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އެރިޕޯޓުގައި ބުނީ، އެފިރިހެން މީހާ އެކި ފަހަރުމަތިން އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ފެންމަތިވުމާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ފަރާތުން އެސްކޫލުގައި ކިޔާވާ އިތުރު ކުދިންތަކަކަށް ފުރައްސާރައާއި ކުރިމަތިވެފައިވޭތޯ ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން އިތުރު ކުއްޖަކު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެހްރާދުންގައި މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަހަރަސްތަރްގައި ހުންނަ ސަރުކާރު ސްކޫލެއްގެ ޓީޗަރަކު ވެސް ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ މައްސަލަ ވަނީ ފެންމަތިވެފައެެ.

އިންޑިއާގައި މިއީ އަލަށް ހިނގާ ކަމެއް ނޫނެވެ. އެގައުމުގައި އަންހެނުންނަށާއި ކުޑަ ކުދިންނަށް ފުރައްސާރަކޮށް ރޭޕް ކުރާ މައްސަލަ ކޮންމެ ދުވަހަކު ގޮތަކަށް އަންނަނީ ފެންމަތިވަމުންނެވެ. އެހެން ނަމަވެސް އެކަމަށް ސަރުކާރުން ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު ވަނީ ކޮންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މމމމކ

    ބޮހޮތު އަށްޗާހޭ.

  2. އައް ނާއިބު އާދަމް ނަބީޙް ބިން ސަޢީދް

    ކޮބާ ޑިމޮކްރަސީގެ އައްޕަ ކަމަށް ހެދިގެން އުޅޭ މީ ހުން ގެ ހާލަތު ފެނިލައްވާތޯ؟ ކޮން ކަމެއް ތޯ ޑިމޮކްރަސީއާ އެއްގޮތަށް ހިނގަނީ؟ ދުވާލަކު ކިތައް އަން ހެނުންތޯ ރޭޕްކުރަނީ؟ އެކަމަކު އިސްލާމްދީނާ
    ޖެ ހިއްޖެއްޔާ އެއްވެސް ޙައްޤެއް ނޯވޭ...އިސްލާމްދީނާ އިދިކޮޅުވާން ވެއްޖެތަ؟ އެއްކަލަ ޑިމޮކްރަސީ އެއް ވެސް ޙައްޤު ތަކެއް ވެސް ނޯވޭ..
    ބަޔަކު ދެން ވިސްނަން ވެއްޖެތާ މި ކަމާ މެދުގާ.. ބައިވަރު ވާ ހަކަ އެބަ ހުރި ދައްކަން. ކުރުކޮއްލަން...

    12