ކުޑަކުދިން ގެންގުޅުމަކީ ވަރަށް ގިނަ ތަފާތު އުފާތައް ލިބޭ ކަމެކެވެ. މިއީ ވެސް މަންމަ އަކު އެފަދަ އުފަލެއް ލިބިގެން ކޮށްފައިވާ ވީޑިއޯ އެކެވެ.

އިނގިރޭސިވިލާތުގެ ލެއިސްޓާޝާގައި ދިރިއުޅޭ ކުޑަ ކުއްޖަކު މުޅި މޫނުގައި ކޭކް އުނގުޅިފައި ހުއްޓާ މަންމަ ސުވާލު ކުރުމުން ވެސް ބުނީ އެއްވެސް ކޭކް ކޮޅެއް އޭނާ ނުކާކަމަށެވެ.

މަންމަ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއްވެސް ކޭކް ކޮޅެއް ކައިގެން ހުރި ކަމަކަށް ކުއްޖާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ކުއްޖާ އެކަމުގެ "އަގު އަދާކުރަން" ވެސް ޖެހުނެވެ. އެއީ އިތުރު ކޭކް ކޮޅެއް ނުލިބުމުންނެވެ.

https://www.youtube.com/watch?v=Y4hGxt-buvo

މިވީޑިއޯ މީސް މީޑިއާގައި އާންވުމުން ގިނަ ބަޔަކު ދަނީ ވީޑިއޯ ޝެއާ ކޮށް ކޮމެންޓް ކުރަމުންނެވެ. ގިނަ މީހުން ބުނެފައި ވަނީ މިވީޑިއޯ ވަރަށް "ލޯބި" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު