އެފްރިކަން ގްރޭ އަކީ އަބަދު ވެސް އެތަކެތި ގެންގުޅޭ މީހުން ނުވަތަ އާއްމުންގެ މީހަކު ވާހަކައެއް ދައްކައިފިނަމަ، ފަހަތުން ކޮޕީކޮށް އެގޮތަށް ވާހަކަ ދައްކާ ގުރައެކެވެ. އެއީ ގިނަ ބަޔަކު ތަޖުރިބާ ވެސް ކޮށްފައިވާ ކަމެއްކަން ހަމަ ޔަގީނެވެ. އެހެން ނަމަވެސް އެކަހަލަ ގުރައެއް ޤުރުއާން ކިޔަވާ މަންޒަރާއި އަޑު އިވިފައިވާ މީހުން މަދުވާނެ ކަން ވެސް ހަމަ ޔަގީނެވެ.

މިއީ އައްޑޫސިޓީ ފޭދޫގެ އަންހެން ކުއްޖަކު އޮޅުކޮށްގެން ގެންގުޅޭ އެފްރިކަން ގްރޭއެއް ޤުރުއާން ކިޔާވާ މަންޒަރާއި އަޑުގެ ވާހަކައެވެ.

މަރިޔަމް ހިޝްމާ އޮޅުކޮށްގެން ގެންގުޅޭ "ރިއޯ" ޤުރުއާން ކިޔަވާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ މި ވަނީ ޓިކްޓޮކަށް ލާފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ އެ ގުރާ ހަމަޖެހިލައިގެން އިނދެ ސޫރަތުލް އިޙްލާސް ކިޔާވާ މަންޒަރުވެ.

@mariyamhishma

Rio Reciting surat Al-Ikhlas. ♥️ #babygirl#mylove#perlife#loveyou#cute#afiricangrey#grey#baby

♬ The Magic Bomb (Questions I Get Asked) [Extended Mix] - Hoàng Read

ވީޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، 32،000 އަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލާފައެވެ. އަދި އެވީޑިއޯގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ގެނުވާފައެވެ.

ރާއްޖޭގައި އެކި ވައްތަރުގެ ގުރައި ގެންގުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ ގުރާތައް ގެންގުޅޭ މީހުން އަންނަނީ އެގުރާތަކަށް ވާހަކަ ދައްކަން ދަސްކޮށްދެމުންނެވެ. އެހެން ނަމަވެސް މިއީ ކޮންމެ ކޮންމެ ގުރައަކަށް ކުރެވޭނެ ކަމެއް ނޫން ކަން ސައިންސްވެރިން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.