އިންޑިއާގައި ހަ މީހެއްގެ ގްރޫޕަކުން 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް މާބަނޑުކޮށްލައިފިއެވެ.
އިންޑިއާގެ ޓަމިލް ނާޑޫގެ ފުލުހުން ބުނީ، އެ މައްސަލަ ފެންމަތިވެފައި ވަނީ އެ ގައުމުގެ އަވަށެއް ކަމަށްވާ ޕޮލާޗީގައި ކަމަށާއި އެކަން އެނގިފައިވަނީ ކުއްޖާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓަށް ފަހު ކަމަށެވެ.
އެ ޓެސްޓުން ކުއްޖާގެ ބަނޑަށް ފަސް މަސްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ ފަހުން ހިންގި ތަހުގީގުތަކުން އެ ކުއްޖާއަކީ ހަ މީހަކު ވެގެން ރޭޕްކޮށްފައިވާ ކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކުއްޖާ ރޭޕް ކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ބައެއް ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭގެ ތެރޭގައި ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 16 އަހަރުގެ ފިރިހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެހެން ކަމުން އެއީ އެ ފިރިހެން މީހާ ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކި ފަހަރުމަތިން އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ހާދިސާއާއި ގުޅިގެން އެ ހަމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޕޮލާޗީގެ ފުލުހުންގެ ޑީއެސްޕީ ވަނީ އިތުރު ތަހުގީގެއް ފަށާފައެވެ. އެ ތަހުގީގުން އެފަދަ 15 ވަރަކަށް މައްސަލަ ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މިހެން ރާއްޖެ ވާން މާ ގިނަ ދުވަހެއް ނެތް. އެހެންވެ މިކިޔަނީ ރޭޕިސްތާން އައުޓް
"އަދި އޭގެ ތެރޭގައި ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 16 އަހަރުގެ ފިރިހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެހެން ކަމުން އެއީ އެ ފިރިހެން މީހާ ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކި ފަހަރުމަތިން އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ."
ކުޑަކުދީންތަކެއްގެ ވާހަކަތޯ މިދައްކަނީ؟ ކޮބާތޯ އެކުދީންގެ .......... ؟؟
ސުރުހީ ފެންނައިރަށް އެނގޭނެ އިންޑިއާކަން