ދިވެހި ފިލްމީ އިންޑަސްޓްރީގައި މަރިޔަމް އައްޒަ (އައްޒަ) އަކީ އަލިގަދަ ތަރިއެކެވެ. އެކްޓް ކުރުމާއި ނެށުމުގެ ހުނަރުން އާންމުންގެ ސަމާލުކަން ހޯދައި، ދިވެހި މަގްބޫލު ފަންނާނެެއްގެ ގޮތުގައި ފިލްމް އިންޑަސްޓްްރީގެ އެންމެ އުހުގައި އައްޒަ ފާހަގަ ކޮށްލެވެއެވެ.

ކުޅަދާނަކަމާއި ހުނަރުވެރިކަން އައްޒައަށް ލިބިފައިވާ އިރު، އޭނާގެ އާއިލާއަކީ ވެސް ފިލްމީ ދާއިރާއިން އުފެދުނު އާއިލާއެކެވެ. އެގޮތުން އައްޒަގެ މަންމަ އާއި ދައްތަ އަކީ ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނެވެ.

އައްޒަގެ ބައްޕަ ޝިޔާމް އަކީ ވެސް ފިލްމީ ދާއިރާއިން ކޮންމެވެސް ވަރަކަށް އާންމުންނަށް ފެނިގެން ގޮސްފައިވާ ފަންނާނެކެވެ.

ބައިސްކޯފުން ގެނެސްދިން ޑްރާފްޓް ޕްރޮގްރާމުގައި އައްޒަ އާއި އޭނާގެ ބައްޕަ ބައިވެރިވެ ވާހަކަ ދައްކަމުން ޝިޔާމް ބުނީ ދަރިއެއްގެ ގޮތުން މިހާރު އައްޒަގެ ރަނގަޅު ކޮށްލަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ޝިޔާމް އައްޒަ ސިފަކޮށްފައިވަނީ ބަސްއަހާ ދަރިއެއްގެ ގޮތަށެވެ.

މިހާރު އައްޒަގެ ރަނގަޅު ކޮށްލާނެ ކަމެއް ނެތް ކަމުގައި ވިޔަސް މީގެ ކުރިން ރަނގަޅު ކޮށްލަން ބުނާނެ އެތައް ކަމެއް ހުރިކަމަށް ބުނެއެވެ. އެއީ އައްޒަ މީހަކާ ނީނދެ ގިނަ ދުވަސްތަކެއް ވަންދެން ހުރި އިރުގައިކަން ޝިޔާމް ފާހަގަ ކުރިއެވެ. އޭރު ރަނގަޅު ކޮށްލަން ހުރިކަންކަން ހުރީ ވެސް ސަބަބުތަކަކާއި އެކުގައިކަން ޝިޔާމް ގަބޫލު ކުރެެއެވެ.

"މީހަކާ ނީނދެ އެހެން ގިނަ ދުވަސްތަކެއް ވީމަ ހުންނާނެ ބޭކާރު ހިޔާލުތަކާއި، ބައިވަރު އެހެން ކަހަލަ ރައްޓެހިންނާއި. އޭރުގަ ހުރި ބައިވަރު ކަންތައްތައް. ދެން އެކަމަކު މިހާރު ރަނގަޅު ކޮށްލަން ބުނާނެ ކަމެއް ނެތް. ބައްޕަ އައްޒަ ލައްވަ ރަނގަޅު ކުރުވަން ބޭނުންވި ކަންތައްތައް މުއާ އައްޒަ ލައްވަ ރަނގަޅު ކުރުވައިފި" ޝިޔާމް ކިޔައި ދިނެވެ.

އައްޒަ ބުނީ އައްޒަގެ ބައްޕަ އަކީ ދުނިޔޭގައި އައްޒައަށް ލިބުނު އެންމެ ބޮޑު ނިއުމަތްތަކުގެ ތެރޭގައި ގުނާލެވޭ ނިއުމަތެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ސުޕަސްޓާރ

  ނެތީ ތި ބަފާގެ ވެސް އިލްމުގެ މިންވަރެއް ނެތީމަތާ؟ އަހަރުން ބުނެލަން ބޭނުން ރަނގަޅު ކޮށްލަބަލަ، މުސްލިމުން ހެދުން އަޅަން އޮންނަ ގޮތަށް ހެދުން އަޅާބަލަ ނިކަން ކަމެއް ކުރަން ލައިފްގަ ބޭނުންވާނަމަ.

  109
  6
 2. އަފީ

  ދަރިއެއްގެ ގޮތުން މިހާރު އައްޒަގެ ރަނގަޅު ކޮށްލަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ބައްޕަ ބުނުމުން ބައްޕައަށް ނޭގުނުތު ތޯ ބައްޕަ ދަރިފުޅު ހުރީ ރޯ އޮރިޔާމުންކަން. އިސް؛ލާމްދީނުގައި އައުރަ ނިވާކުރުން އޮތް އިރު ބައްޕައަށް ނޭގުނުތޯ މިކަން ރަގަޅުކޮށްލާން ބުނެލަން.

  116
  5
  • ޜަނާ

   ބަފައަކީވެސް އިސް ލާމްދީނަށް ލޯބިކުރާ މީހަކަށް ނުވަނީ ތޯއްޗެ. ބުނޭ އަ ލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެޔޭ ދޮއްތަ.

   45
   3
   • ޙއަލީ

    ހަމަ ޖެހޭ ެކަކުވެސް މިކޮމެންޓް ބައިގަ ނޫޅެ

    2
    7
 3. ޢަޒު

  ރަނގަޅު ކޮއްލަންޖެހޭ އެއްވެސްކަމެއް ޢައްޒަ ގެ ކިބައިގަ ނެތޭ އުފަން ބައްޕަ ބުނެފިއްޔާ ދެން ބުނާނީ ﷲ އަކްބަރުު އެންމެ މޮޅަށް ކަންކަން ދެނެވޮޑިގެން ވަނީ މާތްﷲ ދައްކަންވީ ވާހަކަ ބައިވަރު މަސްލަޙަތައްޓަކައި ދޫކޮއްލީ

  87
  1
 4. ނަސޭހަތެއް

  އެހެންކަމައް ވަންޏާ މިހާރު މީހަކާ އިނދެގެން ހަމަ ތިމާގެ އައުރަ ކަޝްފުކޮށް ތަބައްރުޖު ވެ އެކިއެކި ފިރިހެނުންނާ ގައިގޯޅިވެ ފި ލްމުތަކާއި ލަވަތަކާއި ޑްރާމާތައް ކުޅެ ހަޑިހާވަމުން ދާއިރު ވެސް އައްޕަޔަށް ދޮންފުތު ތޯ؟
  ކޮންމެއަކަސް ތިމާގެ ދަރީންގެ ކިބައިގާ އަށަގަންނާނީ ހަމަ ތިމާ ހަރު ލެއްވި ބިންގަ ލެއް ކަމީ ނަބިއްޔުﷲ ގެ ޙަދީސް ބަސްފުޅުން އަ ލިކޮށް އެނގެން އޮތް މައްސަ ލައެއް....

  76
  2
  • އަހަރެން

   ބަލަ ބައްޕަގެ އަނބިމީހާ ވެސް ހަމަ ތިޔަ ބުނާ ހަޑި ހާވަޔޭ

 5. މަމެން

  ސުބުހާނަ ﷲ ، އޭނަގެ ދަރި އެހުރީ އައުރަ ނިވާނުކޮށެއްނު؟ ދީނުގެ ޙުކުމްތަކަށް އެދަރި ގެންނަން ޖެހޭ! އޭނަ އެ އުޅޭ ފިލްމީ ދާއިރާއިން އޭނަ އިސްތިހާރުވެގެން އެދަނީ ﷲ ގެ ނުރުހުން ލިބެނިވި ގޮތަށް! އެހެންވެ އޭނަގެ ދަރިއަށް އޭނަ ނަސޭހަތްދީ ރަނގަޅުކުރުމަކީ އޭނާގެ ވާޖިބެއް!

  33
  2
 6. އައްމަޑޭ

  ދަރިފުޅު އައުރަ ނިވާކުރަން ބުނުމަކީވެސް އޮތްކަމެއް ނޫން.؟ އެހެންވިއްޔާ ތިއީ ފިސާރި ބައްޕައެއް.

  31
  2
 7. ީިޮޮޮޮިިިޔހޔ

  ލޮލޮ އަނގަ ގޮއްވާން ނޫޅެ ބޭބެ މުސްކުޅިވި ދުވަހު

  28
  1
 8. ދައްޔޫސު

  ޣީރަތްތެރިކަމުގެ ކަންފުޅެއް ނެތިއްޔާ ނަސޭހަތެއް އޮންނާނެތޯ؟

  25
  1
 9. އަޙުމަދު

  އެ ހެޔޮ އޮރިޔާމުން ހުއްޓަސް؟؟؟

  26
  2
 10. ވަސް

  މާތް ރަސްކަލާނގެ ކީރިތި ގުރްއާނުގައި އެންމެ ފަހައް ބާއްވާލެއްވި އާޔަތުގަ މާނައިގައިވަނީ "މާތް ﷲ ގެ ހަޒްރަތައް އަނބުރައި ރުޖޫއަ ކުރެވޭދުވަސް ހަނދުނައިގަ ބެހެއްޓުމައް.."..

  27
 11. އޮޅުވާލި ވޯޓު

  ބައްޕަޔަކަވެހުރެ ވަރައް ލަދުވެތިވާހަކައެއް އެބުނީ ގައިމުވެސް އައުރަނިވާކުރަން ބުނަންޖެހޭ

  21
  1
 12. ލާދީނީ

  ދަރިއަކު އޮރިޔާމުން އުޅޭއިރު އެކަން ނޭނގޭ އެއީ ރަނގަޅުކުރަން ޖެހޭ ކަމެއްކަމުގަ ނުދެކޭ ބަފަޔަކު ނިއުމަތަކައް ވެދާނެބާ

  23
  2
 13. Anonymous

  ޝިޔާމު ﷲއައް ބިރުވެތިވެޭ ތިދަރިއާއި ޝިޔާމުވެސްﷲ ގެ ހަޒުރަތައް ރުޖޫއުވެ ފުރިހަމަ އައް ޖަވާބު ދާރީވާންޖެހޭނެ

  6
  1
 14. ޢަލީހުފސައިން

  ހަރުކަށިނމީހުން ކޮމެނޓް އަބަދުވެސް ޕޯސްޓް ކޮއްފަހުންނަނީ އކަމަކު ހަމަޖެހަޭ މީހަކު ކުރާ ކޮމެންޓެއް ނުފެންނާނެ މިވަގުތަކުން ޕަޕެޓް ވަގުތު

  5
  2
 15. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

  ހަހަ

 16. ހާލުފޮޅި

  މިއޮތީ ވާ ކަމެއް... ރަނގަޅު ކުރަންޏާ ކޮށްގެން ، ނުކުރަންޏާ ނުކޮށްވެސް މައިތިރި ވެގެން ގޭގަ ތިބެންވީނު.. ހުރިހާ ނޫހަކަށް ހަބަރުދީ އިޝްތިހާރު ނުވެ...

 17. ފަސްފަހެތިން ފަޑައި

  އައުރަ ނިވާކުރަން ނަސޭހަތްތެރިވުން އެއީ ބައްޕަގެ މައްޗަށް ވާޖިބުކަމެއް.

  6
  1