ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަކީ ތަފާތު އެކި ކަހަލަ ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާނެ ބައެކެވެ. ރާއްޖެއަށް ކުރާ ކޮންމެ ދަތުރެއްގައި ހަނދާނުން ނުފޮހެވޭނެ ހެއްވާ މަޖާ ކަމެއް ކުރަން ފަތުރުވެރިން ބޭނުންވެއެވެ.

މިގޮތަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން އެންމެ ބަލާލަން ބޭނުންވާ ތަންތަނުގެ ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ބައެއް ތަންތަން ހިމެނެއެވެ. އޭގެ ތެރޭގައި ރަށްތަކުގައި ހެދިފައި ހުންނަ ކުޅިތައް ވެސް ހިމެނެއެވެ.

ފުވައްމުލުގައި އޮންނަ "ކޮޑަކިޅި" އަކީ ފަތުރުވެރިންގެ އިތުރުން އެހެން ރަށްރަށުން ވެސް އެ ސިޓީއަށް ދަތުރު ކުރާ މީހުންގެ މެދުގައި މަގުބޫލު ތަނަކަށް މިހާރު ވަނީ ވެފައެވެ.

އެތަނަށް ގޮސް ތަފާތު އެކި ކަހަލަ މަޖާ ކަންކަން ކޮށްފައިވާ އިރު، މިފަހަރު މި ޖެހުނީ ފަތުރުވެރިއަކު އެތަން ބަލަން ގޮއްސަ ހުއްޓާ ދިމާވި ވާހަކަ އެއް ކިޔައި ދޭށެވެ. މިއީ ޓިކްޓޮކްގައި "ދަ ތްރީ ޑަމްބެލްސް" ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ލާފައިވާ ވީޑީއެއްގެ ވާހަކައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ނަލަ ހެދިލައިގެން ހުރި ފަތުރުވެރިއަކު އެތަން "އެކްސްޕްލޯ" ކުރަން އުޅުމުގެ ތެރޭގައި މަޑު ގަނޑު ތެރެއަށް ވެއްޓޭ މަންޒަރެވެ. އޭނާ ވެއްޓިގެން ދާއިރު، މީހާ އެއްކޮށް ގޮތަކަށް އަޑިއަށް ދެއެވެ.

@the3dumbbells

Follow me she said, I know a muddy shortcut #muddy #muddypuddles #shortcut #Fuvahmulah #fuvumullah

♬ original sound - The 3 Dumbbells

މިވީޑިއޯ މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ އިރު، 4.1 މިލިއަން މީހުން ވަނީ މި ވީޑިއޯއަށް ލައިކް ދީފައެވެ. އަދި 84،000 އަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައެވެ.

އެފަދަ ގޮތަކަށް އޭނާ ވީޑިއޯއެއް ހެދި ނަމަވެސް، އެއީ ކުޅެފައިވާ އެއްޗެއް ކަމެއް ނުވަތަ އެތަން ބަލަން އުޅެނިކޮށް ދިމާވި ކަމެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ.

ކިޅިއަށް ވެއްޓުނު ވީޑިއޯއަށް ފަހު "ދަ ތްރީ ޑަމްބެލްސް" އިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފަތުރުވެރިޔާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަަައް

    އެއީ ކުޅެފަ ވަާއެއްޗެ

    8
    2