އީދު ބަންދުގައި މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުން އުފަން ރަށަށް ދަތުރުކުރަން ފެށިއެވެ. ގިނަ ބަޔަކަށް އީދު ބަންދު ވެފައިވަނީ އާއިލާއާއި އެކުގައި ހިތްހަަމަ ޖެހިގެން ވަގުތު ހޭދަކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށެވެ.

ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވެސް އީދު ބަންދުގައި ޗުއްޓީ ހޭދަކޮށްލުމަށް އުފަން ރަށް ހއ، ބާރަށަށް ދަތުރުކޮށްފައިވެއެވެ. އީދު ބަންދުގައި ޝުޖާއު ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ފެނިގެން ދިޔައީ ދިވެހިވަންތަ، އަންހެނުންނާއި އެކުގައި ނަގާފައިވާ "ލޯބި" ފޮޓޯތަކެކެވެ.

ފޮޓޯތަކާއި ގުޅިގެން 'ވަގުތު' އަށް މައުލޫމާތު ދެމުން ޝުޖާއު ވިދާޅުވީ، ދިވެހިވަންތަ ގޮތަކަށް ފޮޓޯ ނެގުމަކީ އެއީ އަނބިމީހާގެ ހިޔާލެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ދުވަސް ވެއްޖެ އާއިލީ ފޮޓޯއެއް ނުނަގާތާ. އަންހެނުން ދެން ވަރަށް ހިޔާލު މުއްސަނދިވާނެ. އޭނާގެ ހިޔާލު އެއީ އެގޮތަށް ފޮޓޯ ނެގުން" ދިވެހި ހެދުމުގައި ދިވެހި ވަންތަކަން ދައްކުވައިދޭ ފޮޓޯތައް ނެގުމަށް ހިޔާލު އައިސްފައިވާގޮތް ކިޔައިދެމުން ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އާއި އަނބިކަނބަލުން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ޝުޖާއު

ޝުޖާއު ވިދާޅުވީ، މީގެ ކުރިން ވެސް އާއިލީ ފޮޓޯތައް ނަގާ ކަމަށެވެ. އެކަމަކު މީގެ ކުރިން ފޮޓޯ ނަގަނީ އަބަދު ވެސް ސްޓޫޑިއޯ ތަކުގައިކަން ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.

"މިފަހަރު ދެން ރަށަށް ދެވުނީމަ އެގޮތަށް ފޮޓޯ ނަގާލީ" ފޮޓޯ ނަގާފައިވާ ގޮތް ތަފާތު ކޮށްލިގޮތް ޝުޖާއު ކިޔައިދިނެވެ.

suja
ޝުޖާއު އާއި އޭނާގެ އަނބިކަނބަލުން - ފޮޓޯ: ޝުޖާއު

ޝުޖާއުގެ ދެކަނބަލުންގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓް ކުރަމުން ލިޔުންކޮޅެއް ލިއެފައިވެއެވެ. އެގޮތުން "ވަރަށް މަސައްކަތުން ވާހަކަ ދެއްކޭ ގޮތް ވިއެވެ. ގެއަށް ވަދެ މަގޭ އާމިނާބީ އާއި ވާހަކަ ދެއްކުނީ ހަމަ އެހާމެ އުނދަގުލުންނެވެ" މިފަދައިން ޝުޖާއު ލިޔުއްވިއެވެ. ޝުޖާއު ވިދާޅުވީ، ފޮޓޯ ހިއްސާކުރަމުން ލިއެފައިވާ ލިއުންކޮޅަކީ އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅިފައިވާ ލިއުންކޮޅެއް ނޫން ކަމަށެވެ.

ޝުޖާއު އާއި އަނބިކަނބަލުން -- ފޮޓޯ: ޝުޖާއު

އީދު ބަންދުގައި ކުރި ދަތުރު ނިންމާލުމަށް ފަހު އެނބުރި މާލެ ދާންދިޔަ އިރު ކުރީގެ ރައީސް މުހައްމަދު ހަސަން ވަހީދު މަނިކު އާއި ޝުޖާއު ވަނީ ބައްދަލު ކުރައްވާފައެވެ. އާއިލާއާއި އެކުގައި ކުރީގެ ރައީސް ވަހީދުއާއި ބައްދަލުވިކަން ހާމަކޮށް ޝުޖާއު ވަނީ ޓްވިޓާގައި ރައީސް ވަހީދުއާއި އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 😲

    😍😍😍😍

    5
    3
  2. ޖަނާބު

    ހަމައެކަނި ދިވެހިގޮތަށް ފޮޓޯނަގާލީމާ ދިވެހިންނަށް ނިމުނީ. ހެޔޮ ދެން ކޮންމެގޮތަކަށް އުޅުނަސް. އެއްޗަކީ ފޮޓޯ............ އެއްޗަކީ ފޮޓޯއެއްނޫން. އުޅޭންވީވެސް ދިވެހިގޮތަށް. ބޮޑާށީގާ ނިދާފާ މަހަށްގޮސްގެން ނޫނީ ވަޑަންކޮށްގެން ދިރިއުޅުން ބައްޓަންކުރަންވީ. ކާންވި ގަރުދިޔަޔާ ބަތާ ލޮނުމިރުސްލައިގެން. 9 އެއް ޖަހާއިރު ނިދާން އާދަކުރަންވީ. އެހެންނޫނީ ތިނަގާ ފޮޓޯތަކުގެ އެއްްވެސް ބޭނުމެއްނެތް.

    4
    2
  3. ދައްތަ

    ވވ. ސަޅި

    2
    1