ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ އެޕަލްގެ ފޭނުންނަށް ގިނަ ސަޕްރައިޒްތަކެއް ލިބޭ ދުވަސްކޮޅެކެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގައި އެޕަލް އިން އެ ކުންފުނީގެ އާ އުފެއްދުންތައް ބާޒާރަށް ނެރޭއިރު މި އަހަރުގެ އޮގަސްޓު މަހުގައިވެސް އެޕަލްގެ ބައެއް އުފެއްދުންތައް ނެރެން ހަމަޖެހިފައިވާކަމަށް މިވަނީ އަޑުފެތުރިފައެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ މަހު ނެރޭނެ ކަމަށް ބެލެވޭ ބައެއް އާ އުފެއްދުންތައް:

އެއާޕޮޑްސް

އެޕަލްގެ އެއާޕޮޑްސް ތަކަކީ ގިނަބަޔަކަށް ކަމުދާ އެތައް ފީޗާތަކެއް ހިމެނޭ އުފެއްދުމެކެވެ. އެގޮތުން އެންމެ ފަހުގެ އެޕަލްގެ އެއާޕޮޑްގައި ހިމެނޭ ނޮއިޒް ކެންސަލިން ނުވަތަ ބޭރުން އިވޭ އަޑުތައް ކަނޑާލާ ފީޗާ އަކީ ފާހަގަ ކޮށްލެވޭ އެއް ފީޗާއެވެ.

އެޕަލް އިން އެންމެ ފަހުން އެއާޕޮޑްގެ އަޕްޑޭޓެއް ނެރެފައި ވަނީ 2019 ވަނަ އަހަރުއެވެ. ބްލޯމްބާގް އިން ހޮވާ އެންމެ މަޝްހޫރު އެޕަލްގެ ހަބަރުތައް ގެނެސްދޭ އެއް ފަރާތް މާކް ގާމަން ބުނެފައިވާ ގޮތުގައި އެޕަލް އިން ދެން ނެރޭ އެއާޕޮޑްގެ ސްޓެމް ނުވަތަ ތިރިއަށް ދިގުވެފައި ހުންނަ ބައި ކުޑަވާނެ އެވެ. ބެލެވޭ ގޮތުގައި އަންނަ މަހު އާ އެއާޕޮޑްސް ދައްކާލާނެއެވެ.

ބޮޑު އެމް1 އެއް ހިމެނޭ އައިމެކް

ފާއިތުވި އަށް ވަރަކަށް މަހުގައި އެޕަލް އިން އަންނަކީ އެ ކުންފުނީ ފަހުގެ އުފެއްދުންތަކަށް އެމް1 ޗިޕް އިތުރުކުރަމުންނެވެ. މެކްބުކް ޕްރޯ، މެކްބުކް އެއާ އަދި މެކް މިނީގެ އިތުރުން އެންމެ ފަހުން ނެރުނު 24އިންޗީގެ އައިމެކްގައިވެސް އެމް1 ޗިކް ހިމެނެއެވެ. 32 އިންޗީގެ އައިމެކްއެއް އަންނަ މަހު ދައްކާލާނެ ކަމަށް ބެލެވޭއިރު މި މެކްގައިވެސް އެމް1 ޗިޕް ހިމެނޭނެ ކަމަށް ބެލެވެއެވެ.

އެމް1 ޗިޕްގެ ސަބަބުން އުފެއްދުންތަކުގެ ސްޕީޑް އަވަސްކޮށް އުފެއްދުންތައް ގެންގުޅެން ފަސޭހަވެއެވެ.

އަންނަ މަހު ނެރޭނޭ ކަމަށް ބެލެވޭ އިތުރު އުފެއްދުންތައް:

އައިޕެޑް މިނީ އަދި ސްޓޭންޑާޑް މޮޑެލް

މެކްބުކް ޕްރޯ

 

 

ކިޔުންތެރިންގެ ހިޔާލު