ނެށުންތެރިއަކު މިސްކިތެއްގައި ނެގި ފޮޓޯއަކުން އެތައް ބަޔަކު ރަތައް!

އެމެރިކާގެ މަޝްހޫރު ނެށުންތެރިޔާ މިސްރުގެ ކައިރޯގައި ހުންނަ މިސްކިތެއްގެ ގޯތިތެރޭގައި ފޮޓޯ ނަގައި، މީސް މީޑިއާގައި ފޮޓޯ އާއްމު ކުރުމުން މައްސަލަ ހޫނުވެއްޖެއެވެ.

މިއީ ކައިިރި ކައިރީގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަަހަރެެވެ.

ޝަހްރްޒާދްގެ ނަމުން އާއްމުން ދަންނަ މި ނެށުންތެރިޔާއަކީ ބެލީ ޑާންސްގައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. އަދި އޭނާއަކީ ނަށަން ދަސްކޮށްދޭ މީހެއްވެސް މެއެވެ.

އޭނާ އިންސްޓަގްރާމްގައި އާއްމު ކުރި ފޮޓޯއަކުން ފެނިގެން ދަނީ ހެދުމެއް ލައިގެން، ކައިރޯގެ މުހައްމަދު އަލީ މިސްކިތުގެ ތަނބެއްގެ ލެގިގެން އިށީގެންދެގެން އިން ކަހަލަ ގޮތަކަށް ހުންނަ ތަނެވެ.

އޭނާ އެ ފޮޓޯ އާއްމުކޮށް ބުނެފައި ވަނީ ތާރީހީ ގިނަ ކަންކަން ތަނެއްގައި އުޅޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

އޭނަ އެ ފޮޓޯ އާއްމު ކުރުމާއެކު އެތައް ބައެއްގެ ރުޅިވެރިކަން އޭނާއަށް އަމާޒުވެގެން ދިޔައެވެ. އަދި އެފަދަ ފޮޓޯތައް މިސްކިތެއްގެ ގޯތި ތެރޭގައި ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އޭނާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ހަނުގައި ތިބިކަން ފާހަަގަކޮށްފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާގެ ނެށުންތެރިއަކު މިސްރުގެ ރިސޯޓް ޓައުންގެ މިސްކިތެއްގައި މިގޮތަށް ފޮޓޯ ނެގި މަައްސަލަ ހޫނުވިއެވެ.

މިސްރަކީ ބެލީ ޑާންސް ނެށުންތެރިން ވަރަށް ގިނައިން ދާ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގައުމެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ކޮބާ އިސްލާމިކް މިނިސްޓަރު ؟ މީނަގެ ހިތުގާ ނުބައި ނިޔަތެއް އޮތްކަން ނުވަތަ ނެތްކަން ކަލޭ ބުނެދޭކަށް ނުވޭތަ ؟

    6
    4
    • ޭިއިސްލާމްދީން ކިޔަވަބަލަ
  2. ލިނު

    ކޮބާ މައްސަލައަކީ ބޯހަލާކު

    4
    9