އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަަޝަންތީ ސްމިތް ނަމަކަށް ކިޔާ މި އަންހެން ކުއްޖާއަކީ ބެންޖަމިން ބަޓަން ނަަމަކަށް ކިޔާ ބަލީގެ މަދުން ނޫނީ ނުފެންނަ ވައްތަރެއް ޖެހިފައިވާ ކުއްޖެކެވެ. އެ ބަލީގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑު ހީވަނީ 144 އަހަރު ވެފައިވާ މުސްކުޅި މީހެއް ހެންނެވެ. އެ ކުއްޖާއަށް 18 ފުރުނުއިރު، އޭނާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެ ކުއްޖާ މަރުވެފައި ވަނީ ޖުލައި 17 ވަނަ ދުވަހުއެވެ.

އެ ބަލީގެ ސަބަބުން އަަޝަންތީގެ ހަށިގަނޑުން އުމުރުން ވަަރަށް ދޮށި ކަމަށް ދައްކައެވެ. އޭނާ އަވަހަށް އުމުރުން ދޮށީވާކަން އެނގުނީ އުމުރުން އަށް އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ދިޔައީ މުސްކުޅި ވަމުންނެެވެ.

އަަޝަންތީގެ މަރާއެކު އާއިލާއިން ތިބީ ބޮޑު ހިތާމައެއްގެ ތެރޭގައެވެ. އަަޝަންތީ އަކީ ބީޓީއެސް ދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއް ކަަމަށް އާއިލާއިން ބުނެފައި ވެއެވެ.

އަޝަންތީގެ މަންމަ ލުއިސް ބުނެފައި ވަނީ، އޭނާގެ އަންހެން ދަރިފުޅަކީ ވަރަށް ހިތްހެޔޮ، އަދި އެންމެންވެސް ލޯބިވާ ކުއްޖެއް ކަމަށެވެ. އޭނާގެ ހިތްހެޔޮކަން އެހެން މީހުންނަށް ހާމަކޮށްދީ އެންމެން އޭނާ ދެކެ ލޯބިވާވަރު ކުރުވި ކަމަަށް ލުއިސް ބުންޏެވެ. ލުއިސް މިހާރު ބޭނުންވަނީ އެ ބަލި ޖެހިފައިވާ ކުދިންނަށް އިތުރަށްް އެހީތެރިވުމަށެވެ.

ކަމާއި ގުޅުން ހުރި މާހިރުން ބުނާގޮތުން، މިއީ ހުޗިންސަން-ގިލްފޯޑް ޕްރޮގޭރިއާ ސިންޑްރޯމެވެ. މިއީ ހިތައް ގެއްލުންވާ ވަރުގެ ބައްޔެއް ކަމަށާއި، މި ބަލީގެ ސަބަބުން އިތުރަށް ސިއްހަތަށް ގެއްލުންވާ ކަަމަށް ބުނެފައި ވެއެވެ.

ލުއިސް ބުނެފައިވާގޮތުގައި، އަޝްންތީއަށް އޭނާއަށް ޖެހިފައިވާ ބައްޔަކީ ކޮބައިކަން ރަނގަޅަށް އެނގެއެވެ. "ދަރިފުޅަށް އެނގުނު އެހާ ދުވަސް ވަންދެން ދުނިޔޭގައި ނުހުންނާނެކަން، އެ ދުވަސްތައް އޭނާ ހޭދަކުރީ އުފަލުގައި، އޭނާ އަބަދުވެސް އުޅުނީ އެންމެން އުފާ ކުރުމުގައި، އަދި އެތައް ބައެއްގެ ހިތް އޭނާ ފަތަހަކޮށްފައިވޭ." ލުއިސް ބުންޏެވެ.

އަޝަންތީ ދިރިއުޅެމުން ގޮސްފައި ވަނީ، އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން 25 އަހަރުގެ ދައްތައާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިދަ ދަނޑި

    ކީއްވެ 144 އަހަރު .. ހަމަ ހީވެދާނު 143 ނޫނީ 142 ހެންވެސް ...

    11
    3
    • ޙަބީ

      ޢެވެސް ދެން ބެހެންޖްހޭ ވަރުކަނެއްތަ

      • ރައީސް

        ކަލޭވެސް ބެހެން ޖެހޭތަ

        • ކަލޯ

          ކީއްތަ 145 ހެޔޮތަ؟