1976 ވަނަ އަހަރު އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާގައި މަރުވި ކަމަށް ނިންމި ދުބާއީ މީހަކު 45 އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެއެވެ. އޭނާ ދިރިހުއްޓާ ފެނުނުއިރު މާދަމާގެ ވަގުތެއްގައި އޭނާއާ އާއިލާ ބައްދަލު ވާނެއެވެ.

ސައްޖަދު ޓަންގަލް ނަމަކަށް ކިޔާ އެ މީހާއަކީ ކެރެލާގެ ކޮލަމްއަށް ނިސްބަތްވާ މީހެކެވެ. އެހެން ނަމަވެސް އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ޔޫއޭއީގައި ފިލްމް ބެހުމުގައެވެ. އޭނާ ޔޫއޭއީގައި އުޅުނު ދުވަސްފަހު އެތަނަށް ޒިޔާރަތް ކުރާ މަލިޔާލަމް ތަރިންނާއި ގުޅިގެން ލައިވް ޝޯތަކާއި ހަރަކާތްތްތައް ބާއްވައެވެ.

އޭނާ މަރުވެއްޖެކަމަށް ނިންމާފައި ވަނީ އެ އިވެންޓަަކަށް އޭނާ ދަތުރު ކުރި ފްލައިޓް ވެއްޓުނު ހާދިސާގައި އެތައް ބަޔަކު މަރުވުމުންނެވެ.

އޭނާ ދުބާއީއަށް ފުރަތަމަ އައިސްފައި ވަނީ 1970ގެ އަހަރުތަކުގައި ބޯޓެއްގައެވެ. އޭނާވަނީ އެއިރުގެ މަޝްހޫރު މަލިޔާލަމް އެކްޓްރެސް އަދި ރީތީގެ ރާނީގެ ލަގަބް ލިބުނު ރާނީ ޗަންދްރާއާއެކު ނެށުމުގެ ޝޯވތައް ބާއްވާފައެވެ. އޭނާ ފުރަތަމަ ރާނީ އާއެކު ކެރެލާއަށް ކުރަން އުޅުނު ދަތުރު ހުއްޓާލީ، ދުބާއީގައި ކުރަން އޮތް މަސައްކަތެއް ނިންމުމަށެވެ.

ފަހުން ދަތުރު ހަމަޖައްސައިގެން ދުބާއީން މުމްބާއީއަށް 1976 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ފުރަން އޮތް ފްލައިޓަކީ އެ މީހުން ނިންމި ކަމަށް ނިންމި ދަތުރެވެ. އެއީ ކެރެެލާއަށް ކުރަން އޮތް އެ ދަތުރުގައި ފްލައިޓް ވެއްޓުނީ ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ، އިންޖީނަށް މައްސަލަތަކެއް ޖެހިގެންނެވެ.

އެ ހާދިސާގައި 95 މީހަކު މަރުވިއެއެވެ. އޭގެ ތެރޭގައި ރާނީ އާއި ސައްޖަދުގެ ރައްޓެހިންނެވެެ.

ޚަލީޖް ޓައިމްސް އާ ވާހަކަދައްކަމުން 2019 ވަނަ އަހަރުން ފެށިގެން ޕަންވެލް، ނަވި މުމްބާއިގައި ރެސްކީއު ހޯމްގައި މިހާރު ދިރިއުޅެމުންދާ އުމުރުން މިހާރު 70 އަހަރުވެފައިވާ ސައްޖަދު ބުނީ، އެއީ މީގެ 45 އަހަރު ކުރިން އޭނާއަށް ކުރިމަތިވި ތޫފާނެއް ކަމަސެވެ.

"އަހަރެން ހުރީ ހަދާނެ އެއްޗެއް ނޭނގިފައި" އޭނާ ބުނެފައި ވެއެވެ.

ކެރެލާގައި ދިރިއުޅެމުންދާ އޭނާގެ އާއިލާއިން މިހާރު ތިބީ އުފަލުންނެވެ. އެއިރު އޭނާ މަރުވި ކަމަށް ބެލެވުނު ނަމަވެސް، އޭނާ އެ ހާދިސާއިން ސަލާމަތްވީތީ ޝުކުރު އަދާ ކުރެއެވެ.

އެހެން ނަމަވެސް އެ ހާދިސާއަށްފަހު އޭނާއަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވިއެވެ. އޭގެ ތެރޭގައި ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސްއާއި ސައިކޯލޮޖިކަލް މައްސަލަތައް ހިމެނެއެވެ. އެ ހާދިސާއަށްފަހު އޭނާ ވަނީ ބޮމްބޭއަށް ބަދަލުވެ ތަފާތު އެކި ވަޒީފާތަކުގައި މަސައްކަތްކޮށްފައެވެ.

ދުބާއީގައި އޭނާ އެތައް ފައިސާއެއް ހޯދިނަމަވެސް، އޭނާގެ ވިޔަފާރިތައް ގެއްލުނެވެ. އޭނާ ވަނީ ފައިސާ އަށް ބޭނުންވެފައި ހުރި ވަރުން ދޯސާ ވިއްކަން ވެސް އުޅެފައެވެ. އޭނަ އެގޮތަށް އަހަރުތަކެއްވަންދެން އެ ހާލުގައި އުޅުނިއިރު، އޭނާ އާއިލާއާ ގުޅުން ބާއްވަން ބޭނުން ނުވިއެވެ.

2019 ވަނަަ އަހަރު ތެރޭގައި އެ ސިޓީގައި ދިރިއުޅެމުންދާ އޭނާގެ ރަހުމަތްތެރިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަަށް އަޅާލާ، އެފަދަ މީހުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމިއްޔާއެއް ކަމަށްވާ ސީލްގެ ވެރިޔާއާ ވާހަކަދައްކައިގެން އޭނާއަށް އެތަނުގައި މަޑުކުރެވޭނެ ގޮތެއް ހަދާފައެވެ. އެމަސައްކަތުގައި އިސްކޮށް އުޅުނީ ފިލްޕް އެވެ.

ފިލިޕް ބުނީ، ސައްޖިދު އައިއިރު ހުރީ ވަރަށް ނިކަމެތިކޮށް ކަމަށާއި، އެއިރު އޭނާ ދިރި އޮންނާނެ ކަމަށްވެސް އުއްމީދެއް ނެތް ކަމަށެވެ. ސީލްގެ ސޯޝަލް ވޯކަރުން ކެރެލާއަށް ދާދި ފަހުން ކުރި ޒިޔާރަތުގައި ސައްޖިދުގެ އާއިލާއާ ބައްދަލުކޮށް އޭނާގެ ވާހަކަތައް ހިއްސާ ކުރިއެވެ.

އޭނާގެ މަންމަ ފާތިމާ ބީވީ 91، އަދިވެސް ހުރީ އޭނާގެ އިންތިޒާރުގައެވެ. އޭނާގެ ބައްޕަ ޔޫނިސް ކުންޖޫ ވަނީ 2012 ވަނަ މަރުވެފައެވެ.

ސައްޖިދުގެ މަންމަ ހުރީ ދަރިފުޅު ދުނިޔޭގައި ހުރީތީ އުފާކޮށް، އޭނާ އަންނާނެ ދުވަހަކަށް އިންތިޒާރުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގާއި،މާ ދަމާ ސައްޖިދުގެ ދެ ކޮއްކޮއެއް އޭނާގެ ގާތަށް ޒިޔާރަތް ކުރާނެއެވެ. އަދި އަނެއް ދުވަހު އޭނާ ގެއަށް އަނބުރާ ގެންދާނެއެވެ.