ގަރުދިޔަ އަކީ އަޅުގަނޑުމެން ދިވެހީން ޒަމާނުއްސުރެއް ބޭނުން ކުރަމުން އަންނަ ސަގާފަތާއިވެސް ގުޅޮފައިވާ އެއްޗެކެވެ. މައިގަނޑު ގޮތެއްގައި މަހާއި ފެން ބޭނުންކޮށްގެން ތައްޔާރު ކުރާ ގަރުދިޔައަކީ ހަށިގަނޑަށް ފައިދާ ހުރި ކެއިން ބުއިމުގައި ބޭނުން ކުރާ މީރު އެއްޗެކެވެ. އެގޮތުން ގަރުދިޔައިގެ ސަބަބުން ލިބޭ ބައެއް ސިއްހީ ފައިދާތަށް ތިރީގައި އެވަނީއެވެ.

ވިސްނުން ތޫނުކޮށްދިނުން

ގަރުދިޔައިގައި އެކުލެވޭ ވިޓަމިންސް އަދި މިނަރަލްސްގެ މާއްދާތަުގެ ސަބަބުން ސިކުނޑިއަށް ބަރާބަރަށް ލޭ ފޯރުކޮށްދިނުމަށް އެހީވެދެއެވެ. މިކަމުގެ ސަބަބުން ސިކުނޑި ބަރާބަރަށް މަސައްކަތް ކުރުމަށް މަގުފަހިވެއެވެ.

ކަށިތައް ވަރުގަދަކޮށްދިނުން

ގަރުދިޔައަކީ ގިނަ އަދަކަށް ކެލްސިއަމް އަދި ޖެލަޓިން އެކުލެވޭ އެއްޗެކެވެ، މިކަމުގެ ސަބަބުން ކަށި ފީވުމުން ސަލާމަތް ކޮށްދިނުމަށާއި ކަށިގަނޑުގެ ހެދިބޮޑުވުމަށް އެހީވެދެއެވެ، އަދި ކަށީގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ބައެއް ކަހަލަ ކެންސަރު ޖެހުމުން ދުރުކޮށްދިނުން

ކެންސަރަކީ ނުރައްކާތެރި ބަލިތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ބައްޔަކެވެ. އަދި އެބައްޔަކީ ބަލީގެ ކުރީބައިގައި ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ކުރަނިވި ބައްޔެކެވެ. ގަރުދިޔައަކީ ތައިރޮއިޑް ކެންސަރު ޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. ސަބަބަކަށް ވަނީ ގަރުދިޔައިގައި އެކުލެވޭ އަޔޮޑިންގެ މާއްދާތަކުން ކެންސަރަށް މަގުފަހިވާ ސެލްތަކުގެ ބާރު ދަށްކޮށްދޭތީއެވެ.

ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުން

ގަރުދިޔައަކީ ރަނގަޅު ކޮލެސްޓްރޯލް ގިނަ އަދަދަކަށް އެކުލެވޭ އެއްްޗެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައިވާ ނުރަނގަޅު ކޮލެސްޓްރޯލްގެ އަދަދު މަދުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބީޕީ

    ދެން ކޮބާ ސޯޑިއަމް ލެވެލް

  2. އޮޅުއަލަ

    ސޯޑިއަމް ލެވެލް ޕިއްޒާ ގައި ބީޕީ.

  3. Anonymous

    މީގައި މިވަނީ ހުސްދޮގު މިގެއަކީ ކޮންމެ ދުވަހަކު ގަރުދިޔަ ކައްކައިގެން ކާ ގެއެއް ތިޔަ ހުރިހާ މައްސަލައެއް އެބަހުރި އިންތިހާ މަތީގަ.

    2
    1
  4. ޏނ

    ކާކުބާ ގަރުދިޔާގެ ފައިދާ ބެލީk

  5. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ގަރުދިޔާގައި ވިޓަމިންސް އެކުލެވުނު ގޮތަކީ ކޮބައިބާ؟ މިނަރަލްސް ހުންނާނެ. އެއީ ލޮނު އެކުލެވޭތީ. ގަރުދިޔައަކީ ވަރަށްގަދައަށްކައްކައިގެން އުފައްދާއެއްޗެއް. ގިނަ ވިޓަމިން އަކީ ގަދަހޫނުގައި ކެއްކުމުން ހަލާކުވާ އެއްޗެއް. މަރިޔަމް ޝާނީ މިމައުލޫމާތު ހޯދީ ކޮން މަސްދަރަކުންތޯ ހާމަކޮށްދެއްވުން އެދެން. ގަރުދިޔަ އަކީ ބޭރަށްހިންގުމަށް އަދި ޑީހައިޑްރޭޓް މީހުނަށްދޭން ވަރަށް ރަނގަޅު ފަރުވާ އެއް.