ވަރިއަކީ ގިނަ މުޖުތަމަޢުތަކުގައި ވަރަށް ގިނައިން ވާ ކަމެކެވެ. ވަރިވުމަށް ފަހު އެކަކު އަނެކަކަށް ފުސްމޫނު ހަދައި އެކަކު ނުބައިމީސްކޮށް ވާހަކަދެއްކުމަކީ ވެސް ބައެއް މުޖުތަމަޢުތަކުގައި ކަން ހިނގާ ގޮތެވެ.

ނަމަވެސް މިއާ ޚަލީފާއާއި އޭނާގެ ފިރިމީހާ ރޮބާޓް ސެންޑްބާގްގެ ދެ އަހަރުވީ ކައިވެނި ނިމުނު ނަމަވެސް މި ދެ މީހުން ދައްކުވައިދިނީ ރީތި ނަމޫނާއެކެވެ.

މިއާ ޚަލީފާއާއި ރޮބާޓްގެ ދެ އަހަރުވީ ކައިވެނި ނިމުމަކަށް އައިކަން ހިއްސާކުރުމަށް ކުރި ޕޯސްޓެއްގައި އޭނާ ވަނީ އެހެން މީހުންނަށް ވެސް މެސެޖެއް ދީފައެވެ.

''މި ކައިވެނި ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރެވުނުކަން ޔަގީންކަމާއިއެކު ބުނެވޭނެ. ނަމަވެސް އަހަރެއް ވަންދެން ކުރި މަސައްކަތާއި ނެގި ތެރަޕީގެ ސަބަބުން ވެސް ދެމީހުން ވަކިވާަން މި ޖެހުނީ. ދެމީހުން ވަކިވި ނަމަވެސް މުޅި އުމުރު ދުވަހުގެ ރަހުމަތްތެރިކަމާއި އެކު ވަކިވީ. އަހަރެމެން ދެމީހުން ވަކިވީ ދެމީހުންގެ ހުރި ތަފާތު ކަމެއްގެ ސަބަބުން. ވަކި މީހެއްގެ ސަބަބަކުން ނޫން. އެހެންވީމާ އަހަރެމެން ދެމީހުން ވެސް އެކަކު އަނެކަކަށް ވަރަށް އިހުތިރާމް ކުރަން'' މިއާ ޚަލީފާގެ ޕޯސްޓުގައިވެއެވެ.

އިތުރަށް މި ޕޯސްޓުގައި އޭނާ ބުނެފައިވަނީ ދިރިއުޅުމުގެ އެ ބާބު ނިންމާލާ މުޅިން އައު ބާބެއް އެ ފަށަނީ އެއްވެސް ރުޅިވެރިކަމެއް ހިތުގައި ނެތި ކަމަށެވެ. ނަމަވެސް ދެ އާއިލާގެ ދެމެދުގައި ކުރިން ވެސް އޮތް ރަހުމަތްތެރިކަން އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މި ޕޯސްޓަށް ފަހު މިއާ ކުރި ޕޯސްޓުގައި ބުނެފައިވަނީ ވަރިވެގެން އެކަކު އަނެކަކަށް މަޢާފަށް އެދުމުގެ ބަދަލުގައި ދެމީހުން ވެސް އެހެން ދިރިއުޅުމަކަށް މަރުހަބާ ކިޔައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޛދލހތ

    މުސްލިމް ގައުމެއްގަ މި އަންހެން މީހާ ގެ ހަބަރު ޖެހުން މިއީ ކޮންފަދަ ކަމެއްބާއޭ ހީވޭ

    18
    4
  2. ޖޯބެ

    އަހަރެން ހަމަ ދެއަންބަށް އިންނަން ތައްޔާރު

    14
    1
  3. މަދޭ

    ކާކު މިޢާ އަކީ؟

    8
    3
    • ހުސޭނުބޭ

      އައިއެސްއެސް މީހުން ކައިރީ އަހާ! އައިއެސްއެސް އިން ތި މީހާ މަރާލަން އުޅުނޯ!

  4. Anonymous

    މިކަހަލަ ހަބަރު ނުގެނެސްދިނުން އެދެން.

    13
    2
  5. ކީކޭ ބުނާނީ

    މުޅި ދުނިޔެއަށް މަޝްޙޫރު ޒާނީއެއްގެ ޚަބަރު އަދި އެ ޒާނީގެ ސަބަބުން އެތައް މިލިޔަން ބަޔަކު މަގުފުރެދިފައިވާ ބިލިޔަން ފާފަ ބޮލުގާ އަޅައިގެން ހުރި ޒާނީއެއްގެ ފޮޓޮޔާއި އެކު މި ނޫހުގާ ޝާއިރު ކުރެވުނީ ކޮން ނަޒަރަކުން ތޯ އަޅުގަނޑު ޝިއުނާ އަރިހުން އައްސަވަން؟

    24
    3
    • ފޭރު

      މިކަހަލަ މަންޖެމެން ކަލޭބަލަނީ އަމިއްލައަށް. މިމަންޖެ މިކަން ހުއްޓާލީތީ ޝުކުރުކޮށްބަލަ.

    • ޢަހުމަދުވަގާރު

      ކަލޭ ނުބެލީމާ.ނިމުނީ އެއްނު

  6. ގުޑް ޓު ނޯ

    ޑަޒް ދި އޯތަރ އޮފް ދިސް އަރޓިކަލް ނޯ ހަރ

    10
    4
  7. މަރިޔަމް

    މިއާ ޚަލީފާ އަކީ ކާކު؟ ނޫސްވެރިންނަކަށް ބުނެއެއް ނުދެވޭ މީ ކާކުކަމެއް. މީ ކަކުތަ

  8. ާއެއާމިއާ

    މިއާ ޚަލީފާއަކީ
    ކޮން
    ބޭކަނބަލެއްތޯ ؟
    ގަތަރުގެ
    އަމީރާއެއްތޯ؟

    • ކާކުބާ

      އެވާނީ މިއާމީގެ ޚަލ؛ީފާއެއް ކަމަށް