ފޭސް އައިޑީ ބޭނުންކޮށްގެން ހުޅުވާލެވޭ މެކެއް އުފައްދަން އެޕަލް ކުންފުނިން ތައްޔާރުވެއްޖެ އެވެ.

އެޕަލްގެ ފަހުގެ ހަބަރުތައް ގެނެސްދޭ ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ބުނީ އޭނާ ދެކޭގޮތުގައި އެޕަލް އިން ވިސްނުން ހުރީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތައްވެސް ފޭސް އައިޑީ އިން ހުޅުވާލެވޭ ގޮތް ހެދުންކަމަށް ކަމަށެވެ.

ފިންގާޕްރިންޓް އިން އަންލޮކް ކުރެވޭ އައިފޯން އެސްއީ އާއި އައިޕެޑް އެއާވެސް ފޭސް އައިޑީ ބޭނުން ކުރެވޭގޮތް ހަދާނޭ ކަމަށް ގާމަން ބުންޏެވެ. އޭނާ ބުނީ ޓަޗް އައިޑީ އަކީ ކުރީގެ އުފެއްދުންތަކުގައި ބޭނުންކުރާ އެންމެ ރަނގަޅު ސެކިއުރިޓީ ކަށަވަރު އެއް ފީޗާ އަށްވިޔަސް މިހާރު ސެކިއުރިޓީ ކަށަވަރު ކުރަން ފޭސް އައިޑީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ.

އެޕަލްގެ އުފެއްދުންތަކުގެ މައުލޫމާތު އެއުފެއްދުމެއް ލޯންޗު ކުރުމުގެ ކުރިން ފޭނުންނަށް ދޭ އެއް ފަރާތް، މިންގ ޗީ ކުއޯ ބުނީ އެޕަލް އިން ކުރިޔަށް އޮތް ތަނުގައި ފިންގަޕްރިންޓް އިން ފޯން އަންލޮކް ކުރެވޭގޮތްވެސް ހަދާނެ ކަމަށެވެ. އެގޮތުން އެޕަލް އިން ފޯނުތަކުގެ ފަހަތުގައި ފިންގަޕްރިންޓް ސްކޭނާއެއް ހަދާނޭ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކުރިޔަށް އޮތް ތަނުގައި އެޕަލްގެ އުފެއްދުންތައް ޑިޒައިން ކުރާނޭ ތެދު މައުލޫމާތުތައްވެސް މިފަދަ ފަރާތްތަކުން ދޭއިރު މިފަދަ ގިނަ ފަސޭހަތައް ކުރިން އެނގުމުން އެޕަލްގެ ފޭނުންނަށް ކުރިޔާލާ މި އުފެއްދުންތައް ގަންނަން ޝައުގުވެރިކަން އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު