ވާނާ ބްރޯސް ސްޓޫޑިއޯއިން މި އަހަރު ނެރޭ ސައިންސްފިކްޝަން ފިލްމު "ޑޫން" ގެ އާ ޓްރެއިލާ ދައްކާލައިފިއެވެ.

ވާނާ ބްރޯސް އިން މީގެ ކުރިންވެސް މި ފިލްމުގެ ޓްރެއިލާއެއް ނެރެފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން މި ފިލްމު އުފެއްދުމުގެ މަސައްކަތް ހުއްޓުނެވެ. އަދި މި ފިލްމު ރިލީޒް ކުރުންވެސް ފަސްކުރިއެވެ.

ފިލްމް ޑޫން ރިލީޒް ކުރާނޭ ތާރީހެއް ކަމަށް ވާނާ ބްރޯސް ސްޓޫޑިއޯއިން ހާމަކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

ޑޫންގެ ޓްރެއިލާގައި ފިލްމުގައި ހަރަކާތްތެރިވާ ގިނަ ތަރިން ފެނިގެންގޮސްފައިވާއިރު ކުރިން ނުފެންނަ އެތައް މަންޒަރެއް މިފަހަރުގެ ޓްރެއިލާގައި ފެނިގެންދިޔައެވެ.

1965 ފްރޭންކް ހާބާޓް ނެރުނު "ޑޫން" ވާހަކަޔަށް ނިސްބްތްކޮށް އުފައްދާފައިވާ މި ފިލްމު ޑިރެކްޓް ކުރަނީ ޑެނިސް ވިލްނާވްއެވެ. މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެތެރޭގައި ޓިމޮތީ ކަލަމެޓް، އޮސްކާ އައިސާކާ، ރެބެކާ ފާގަސަން، ޑޭވް ބަޓިސްޓާ ފަދަ މަޝްހޫތު ތަރިންތައް ހިމެނެއެވެ.

ޑޫންގެ ފުރަތަމަ ޓްރެއިލާ ދައްކާލާފައި ވަނީ މިދިޔަ އަހަރުގައިއެވެ. އެފަހަރު މި ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަ ކުރެވެއެވެ. މި ފިލްމަށް 165 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ސައިންސްފިކްޝަން ފިލްމުތައް ބަލާހިތްވާ ފަރާތްތަކަށް ކަމުދާ ފިލްމަކަށް މި ފިލްމު ވެގެންދާނޭ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    "ޑޫން" އެއްނޫން ....... ޑިއުން
    ތިއީ ރިމޭކެއް
    މީގެކުރިން ކުޅުނު ފިލްމުގައި ވިލަންއަކަށް އުޅުނީ ސްޓިންގ