ކޯކޯގެ ނަމުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދި ގޮރެއްލާ، އުމުރުން 46 އަހަރުގައި މަރުވެއްޖެއެވެ.

ކެލެފޯނިއާގެ ސަނާ ކްރޫޒްގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ދިރިއުޅެމުންދިޔަ ކޯކޯ މަރުވެފައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މިކަން އެމެރިކާގެ ގޮރިއްލާ ފައުންޑޭޝަނުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

އިޝާރާތުން ވާހަކަ ދެއްކުމުގައި ކުޅަދާނަ ކޯކޯ މަރުވެފައިވަނީ ނިދާފައި އޮއްވައި އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެއެވެ. މި ގޮރެއްލާ މަރުވީ ސިއްޙީ އެއްވެސް މައްސަލައެއް ކުރިމަތިނުވެ ގުދުރަތީ މަރެއްގައި ކަމަށް ގޮރެއްލާ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

ގިނަ ޑޮކިއުމެންޓްރީ ޕްރޮގްރާމްތަކުންވެސް ފެނިގެން ގޮސްފައިވާ ކޯކޯ އުފަންވީ 1971 ވަނަ އަހަރުގައި ސެން ފްރެނންސިސްކޯގެ ޒުލެއްގައެވެ. އެއަށްފަހު ސްޓެންފޯޑްގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމަކަށް ކޯކޯ ގެންދިޔައިރު، އޭގެ ފަހުން ގިނަ ބައެއްގެ މަޤުބޫލުކަން ކޯކޯ ވަނީ ހޯދާފައެވެ.

ކޯކޯގެ ކުއްލި މަރުގެ ޙަބަރު ގޮރެއްލާ ފައުންޑޭޝަނުން ހާމަކުރުމާއި އެކު، ގިނަ ބަޔަކު ދަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ. ކޯކޯ ނިސްބަތްވާ ވައްތަރުގެ ގޮރެއްލާތަކަކީ ދުނިޔެއިން ނެތިގެން ގޮސްދާނެކަމުގެ ބިރު ބޮޑުވެފައިވާ ގޮރެއްލާތަކެވެ. މިވައްތަރުގެ ގޮރެއްލާތައް ދުނިޔެއިން ވަރަށް ބޮޑަށް މަދުވެފައިވާއިރު، މިހާރު އޭގެ ޖުމްލަ ޢަދަދު އުޅޭނީ ގާތްގަނޑަކަށް 250 އާއި 300 އާއި ދެމެދު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ / މުލި

    ކޯކޯ ލައްވާ ނަސްލު އިތުރުކޮށްލިނަމަ ތިޔަ ޑޮކިއުމެންޓްރީ ނަހަދާ