މިސްރުުގެ ހައި ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރަކު، ފިޒިކްސް ޓެސްޓު ޕޭޕަރު ހަދަން އިށީންނަން 15 މިނުޓަށް ވެފައި ވަނިކޮށް މަރުވެއްޖެެއެވެ.

ކައިރޯގެ ބަލްމަޝާޓް ވިލޭޖްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި އެ ކުއްޖާކީ އުމުރުން 17 އަހަރުގެ މަނާރް ނަމަކަށް ކިޔާ ކުއްޖެކެެވެ. ނަސްރް އަބްދުލް ގަފޫފް ސެކަންޑަރީ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދިޔަ އެ ކުއްޖާ ފިޒިކްސް ޓެސްޓް ހެދުމަށް ގޮސް އެޅެނިކޮށް ޖެހުނީ ހާޓް އެޓޭކެކެވެ. މިއާއެކު އެ ކުއްޖާ ވަގުތުން މެނޫފް ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެކަން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ކުއްޖާ މަރުވެފައި ވަނީ ފިޒިކްސް ޓެސްޓު ހެދުމަށް ޓެސްޓު ހަދާ ހޯލަށް ދިއުމަށް ސިޑިން މައްޗަށް އަރަމުން ދަނިކޮށް ފެއިންޓްވި ފަހުން ކަމަށެވެ.

"އޭނާ އެ ޓެސްޓު ހޯލަށް ވަނުމުގެ 15 މިނުޓް ކުރިން، ކުއްލިއަކަށް ވެއްޓުނީ، ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ".

އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހެން ނަމަވެސް އެ ކުއްޖާގެ މަރާއި ގުޅިގެން ތަހުގީގުތައް ކުރާނެ ކަމަށް ވަނީ ބުނެފައެެވެ.