އާޖެންޓީނާގެ ދެކުނުގައި އޮންނަ ޕަޓަގޯނިއާ ރީޖަންގެ ފެންގަނޑެއް ފިޔާތޮށި ކުލައަށް ބަދަލުވެއްޖެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ފެންގަނޑު ފިޔާތޮށި ކުލަ އަށް ބަދަލުވީ ޖައްވަށް ބޭރު ކުރާ ވިހަ ކެމިކަލްތަކުގެ ސަބަބުންނެވެ.

މި ކުލަ އަށް ބަދަލުވަނީ ސޯޑިއަމް ސަލްފައިޓްގެ ސަބަބުން ކަމަށްވާ އިރު، މިއީ މަސް ފެކްޓަރީތަކުގައި ބޭނުން ކުރާ އެންޓި ބެކްޓީރިއަލް ޕްރޮޑަކްޓެއް ސަބަބުން ދިމާވި ކަމެއް ކަމަށްވެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެ ސަރަހައްދުން ވަހެއް ދުވައިގެންނާއި ތިމާވެށީގެ މައްސަލަތައް ދިމާވެގެން މީގެކުރިން ކަންބޮޑުވުން ފާޅުކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ވެސް ކޮށްފައެވެ.

"މިކަންކަން ކޮންޓްރޯލް ކުރާ ފަރާތްތަކުން އިންސާނުން ވިހަ ކުރުވަނީ،" ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށް ޕަބްލޯ ލަޑާ ބުންޏެވެ.

މި ފެންގަނޑު ފިޔާތޮށި ކުލަ އަށް ބަދަލުވީ މިދިޔަ ހަފްތާގައި ކަމަށް ލަޑާ ބުންޏެވެ.

ދާދި ފަހުން، އެ ސަރަހައްދުގައި އުޅޭ ބަޔަކު ވަނީ މަސްތަކެއް ހިފައިގެން ދިޔަ ޓްރަކްތަކެއް ހުއްޓުވައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ކުލައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތެއް ނެތެވެ. އަދި މި ކުލަ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގެއްލޭނެ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.