ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއި ބަޗަން އާއި ފިރިމީހާ އަބީޝޭކް ބަޗަންގެ އަންހެން ދަރިފުޅު އާރަދްޔާއަކީ އިންޑިއާގެ ބޮޑު ވަޒީރަށް ވެދާނެކަމަށް ނުޖޫމީ އިލްމުވެރިއެއް ބުނެފިއެވެ.

މިއަހަރަށް ލަފާ ކުރެވޭ ކަންކަން ހިއްސާ ކުރުމަށް އެ ނުޖޫމީ އިލްމުވެރިޔާ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނީ، އައިޝްވާރިޔާގެ ދަރިފުޅު ކުރިއަށް ދާނީ ސިޔާސީ ދާއިރާއިން ކަމަށެވެ.

އެ ނުޖޫމީ އިލްމުވެރިޔާ ލަފާދިންގޮތުގައި، އައިޝްވާރިޔާގެ ދަރިފުޅު ބޮޑު ވަޒީރަށް ވާނަމަ ނަން ބަދަލު ކުރުމަށެވެ. އެގޮތުން އޭނާގެ ނަން ރޮހިނީއަށް ބަދަލު ކުރުމަށް އޭނާ ލަފާ ދިނެވެ.

މީގެ އިތުރުން އިތުރަށް ލަފާ ކުރެވޭ ކަންކަން ކިޔާދެމުން ބުނީ، މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދާ މޯދީ އިތުރު ދައުރަކަށް އެ މަގާމުގައި ހުންނާނެ ކަމަށާއި، އެމެރިކާގެ ރައިސް ޑޮނަލްޑް ޓަރަމްޕްވެސް އިތުރު ދައުރަކަށް އެ ގައުމުގެ ރައީސްގެ ގޮތުގައި ހުންނާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަނގުރާމައެއް ފެށޭނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އަމީތާބު އައިޝްވަރިޔާއާ އިންނަންއުޅޭ ވާހަކައެއް ނުބުނޭތަ؟

    • ބަބްލް

      ހީހީ ހަލާކު

  2. ޛޖޖ

    ހާދަ މޮޅޭ މީނާ ކިޔެވި އިސްކޫލް ކޮބައިބާ...

  3. މާމިގިލީ މީހާ

    އިންޑިޔާގައި ތިބޭނީ ހުސް ގަމާރުން..

  4. މައްލި

    ނިކަމެތި ފަގީރުން މިއަދު ކައިފަ ޖެހިގެން އަންނަދުވަހު ކާން އޮންނަ ކާއެތިކޮޅު ފައްޅީގަ ހުންނަ ބުދަށް އަޅަނީ ކީއްވެ ކަން ނުޖޫމީ ކަލޭގެ ބުނެދިންނަމަ އަދި އިންސާނުން އަޅުވެތިކޮށް މަސްކެވޭ ޖަނަވާރެއް ކަމަށްވާ ގެރިޔަށް އަޅުކަން ކުރަނީ ކީއްވެތޯ ބުނެދިންނަމަ. އަދި އެތަކެތީގެ ނަޖިސް ގައިގަ އުނގުޅައި ހަދާނީ އެބައިމީހުންގެ ހިއްސު ސަލާމަތުންވާ ހާލު ދެން ކޮންކަމަކާތޯ؟ސާފް ކޮށްދިން ނަމަހީ ބޮޑުތަނުން މީހުން އަޖާއިބުވީސް.

  5. ގެރި

    ޅައަންހެއް ކުއްޖެއް ފެނިއްޖިއްޔާ އެކުއްޖާ ފަޅާލާ މަރާލަނީ ކީއްކަން ބުނެނުދިނީ ކީއްވެ

  6. ދުންޔާ

    ޔާމިނު ހޮވޭނެ ވާހަކަ ނުބުނޭތަ އިތުރު ދައުރަކަށް.

  7. ބާބާ

    ބީތާ އޮފް ދަ އިޔަރ ދަ ނުޖޫމީ އޮފް އިންޑިޔާ

  8. ސަމް މަާލެ

    އަންނި ހޮވޭނެ ވާހަކަ ނުބުނޭތަ؟