ބޮލީވުޑުގެ އެކްޓަރު ރަންބީރު ކަޕޫރަކީ އޭނާގެ އެކްޓިންގެ އިތުރުން އޭނާގެ ފިރިހެންވަންތަ ކަމުގެ ޖާދޫގައި އެތައް އަންހެން ކުދިންނެއް ޖެހެމުންދާ ފަންނާނެކެވެ.

އަންހެނުންނާއި އަންހެނުން ކުދީންގެ އިތުރުން ކުޑަކުދިންގެ ވެސް ''ކުރަޝް'' އަކަށް ރަންބީރު ވެފައިވެއެވެ. އޭގެތެރެއިން އެކަކީ އެކްޓަރ އަބީޝެކް ބައްޗަންއާއި ބަތަލާ އައިޝްވާރިޔާ ރާއީގެ ދަރިފުޅު އަރަދިޔާ ބައްޗަންއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އައިޝްވާރިޔާއާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެން ދިޔަ ފިލުމު ''އެ ދިލްހެ މުޝްކިލް'' ގެ އިންޓަވިއުތަކުގައި އައިޝްވާރިޔާ ބުނެފައިވަނީ އޭނާގެ ދަރިފުޅު އަރަދިޔާ އަބީޝެކް ކަމަށް ހީކޮށް އެއްފަހަރަކު ފުރަގަހުން ގޮސް ރަންބީރުގެ ގައިގައި ބައްދާލައިފައިވާ ކަމަށެވެ.

އަބީޝެކްއާއި އެއްވަތަރެއްގެ ޖެކެއްޓަކާއި ތޮތްޕެއް އަޅާފައި ހުރުމުން ރަންބީރު ފުރަގަހުން ފެނުމުން އަރަދިޔާއަށް އެއީ އޭނާގެ ބައްޕަ އަބީޝެކް ކަމަށް ހީކުރެވުނެވެ.

އައިޝްވާރިޔާ ބުނެފައިވާ ގޮތުގައި އަރަދިޔާގެ ''ކުރަޝް'' އަކީ ރަންބީރު ކަޕޫރެވެ. ރަންބީރު ފެނުމުން އަރަދިޔާ ލަދުން އުޅޭ ކަމަށް ވެސް އައިޝްވާރިޔާ ބުނެފައިވެއެވެ.

އަރަދިޔާއަށް ރަންބީރު ތައާރަފް ކޮށްދީފައިވަނީ ރަންބީރު ބޭބެގެ ނަމުން ނަމަވެސް ރަންބީރަށް ''ބޭބެ'' ކިޔަން އަރަދިޔާ ބޭނުމެއް ނުވެއެވެ. އަރަދިޔާ ރަންބީރަށް ކިޔަނީ އާރްކޭއެވެ.

އަރަދިޔާއަށް އެންމެ ރީތި ލަވައަކީ ވެސް ރަންބީރު ކަޕޫރުގެ ފިލުމު ''ތަމާޝާ'' ގެ ''މަޓަރުގަސްތީ'' ލަވައެވެ. މި ލަވައިގެ ސްޓެޕްތައް ވަނީ އަރަދިޔާގެ ހަތަރުވަނަ އުފަންދުވަހުގެ ހަފުލާގައި ވެސް ޖައްސާފައި ކަމަށް އައިޝްވާރިޔާ ބުނެފައިވެއެވެ.

އަރަދިޔާ އެކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ގަބޫލު ކުރި އެކްޓަރަކީ ވެސް ރަންބީރު ކަޕޫރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ އަނެއްކާ އޮޑީ މަހާ ހަވާލުވެގެން އުޅޭ ބައެއްބާ؟

  2. ސަނާ

    ކޮންތާކު ދު ޅާގޮތެއް ހުންނަ ސޮރެއް އެއީ ކިއިދާނެ ކޮންމެ އެއެއްޗެކޭވެސް
    ޢައިޝްއަށްވެސް އޮ ޅިދާނެ އެއްވައް ތަރެއްގެ ހެދުން އަ ޅައިގެން ތިބީމަ ފުރަގަހުން ބިގްބީ އާ އޭބީ ވެސް