މިއީ އަށާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔަ ގެއެކެވެ. އަލްބާމާގައި ހުންނަ މި ގެ އެންމެ ފަހުން އެކަންކަމަށް ބޭނުންކޮށްފައި ވަނީ، 1900 ގެ ފަހުކޮޅުއެވެ.

ދާދިފަހުން ފޮޓޯގްރާފަރަކު ނަގާފައިވާ މި ގޭގެ ފޮޓޯތައް މީސްމީޑިއާގައި ޢާންމުވުމާއި ގުޅިގެން މިތަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އެއީ ބިރުވެރިތަނެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ސިފަކުރެއެވެ. އަދި ބިރުވެރި ހާދިސާތައް އެތަނުގައި ބައެއް މީހުނަށް ކުރިމަތިވެފައިވާ ކަމަށްވެސް ވާހަކަ ފެތުރިފައި ވެއެވެ.

މިއީ އެ ސަރަޙައްދުގައި އެންމެ ފުރަތަމަ ޖަނާޒާ ކަންކަން ކުރިއަށްގެންދިޔަ ތަންކަމަށް ވެއެވެ. މި ގޭގެ ތެރެއިން ތެރެއިން ރޭގަނޑު ގަޑީގައި ބޮކިތައް ދިއްލިފައި ނިވުން ފަދަ ކަންކަމާއި އެކި ސިފަ ސިފައިގައި ހިޔަނިތައް ފެނުންފަދަ ބިރުވެރި ކަންކަން ފެންނަމުންދާ ކަމަށް އެ ސަރަޙައްދަށް ދާ ފަރާތްތަކުން ބުނެއެވެ.

މިގެޔަކީ މީހުން މަރުވުމުން އޭރު ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔަ މަޝްހޫރު ގެއެކެވެ. އެގޮތަށް ގެ ބޭނުން ކުރަމުން ދަނިކޮށް ފަޅުވީ ކުއްލިއަކަށް ކަމަށް ވެއެވެ. އެގޭގެ ތެރެއިން އެކަން އަދިވެސް ފެންނާން ހުރިއިރު މުޅި ގޭ ތެރެއިން ފެނާންހުރީ މީހުން ވަޅުލުމަށް ތައްޔާރުކުރެވިފައި ހުރި ސަންދޯކެވެ. ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްވުމުން ވީރާނާވެ ހަލާކުވާން ކައިރިވެފައެވެ.

މީގެ އެތައް އަހަރެއް ކުރިން މިތަން ބޭނުންކުރުން ހުއްޓި ފަޅުވާން ދިމާވި ސަބަބެއް އެނގިފައި ނުވާއިރު މިތަން މިހާރު ވެފައިވަނީ، ތާރީޚީ ގިނަ ކަންތައްތައް ފޮރުވިފައިވާ ސިއްރު ބިނާއަކަށެވެ. އެހެންކަމުން ތާރީޚު ދިރާސާކުރާ ފަރާތްތަކުން މި ގެއަށް ގޮސް އިތުރު ހޯދުންތައް ހޯދުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހ

    ކޮންބިރުވެރިއެއް ޢއްވެސްބިރުވެރިއރއް ނޫން