އެކްޝަން ފިލްމު ބަލާ ހިތްވާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު އެއް ފިލްމީ ތަރިއަކީ ޖޭމްސް ބޮންޑްއެވެ. ހޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބޮންޑުގެ އާ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ޓްރެއިލާ މިވަނީ ދައްކާލައިފައެވެ.

އުމުރުން 53 އަހަރުގެ ބޮންޑްގެ އާ ފިލްމުގެ ޓްރެއިލާގައި އޭނާ ފެނިގެންދަނީ ބްރިޖެއް މަތިން ވަލެއްގެ އެހީގައި ފުންމާލާ މަންޒަރެވެ. ރީތި ކާރުތަކުން ދަތުރުކޮށް ބަޑި ޖަހައި ނުބައިބައި މީހުން މަރާ މަންޒަރު ފެނިގެންދާ މި ފިލްމުގެ ޓްރެއިލާގެ ދިގުމިނަކީ އެންމެ 30 ސިކުންތެވެ.

ބޮންޑްއާއެކު ދެން ފިލްމުގައި ފެނިގެންދަނީ ކިޔު(ބެން ވިޝޯ) އެވެ.

https://youtu.be/rxhSz6Ky28Q

މި ފިލްމުގެ ޓްރެއިލާ ނިންމާލަމުން "ބޮންޑް އިޒް ބެކް" މިހެން އަރައެވެ. އަދި ފިލްމު ރިލީޒް ކުރާ ތާރީހުވެސް އަރައެވެ. މި ފިލްމު އުފައްދާ ފަރާތާއި ހަވާލަދީ ދަ މިރާ އިން ބުނީ ޔޫކޭގައި މި ފިލްމު ޕްރިމިޔާ ކުރާ ރަސްމިއްޔާތަށް 10 މިލިއަން ޕައުންޑު ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވޭ މި ފިލްމު ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ ލަންޑަނުގެ ބޮޑު ސްޓޭޑިއަމްއެއްގައެވެ.

ބްލޫމްބާގް އިން ރިޕޯޓުކުރާގޮތުގައި މި ފިލްމު ޕްރިމިޔާ ކުރާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ނެޓްފްލިކްސް، އެމެޒަން، އަދި އެޕަލް ހިމެނެއެވެ. މި ފިލްމަކީ ކެރީ ޖޯޖީ ފުކުނަގާ ޑައިރެކްޓު ކުރާ އޭނާގެ 25 ވަނަ ފިލްމެވެ.

ބޮންޑް މީގެ ކުރިން ފެނިގެންގޮސްފައިވާ މަޝްހޫރު ފިލްމުތަކަކީ 2006 ވަނަ އަހަރު ނުކުތް ކަސީނޯ ރޯޔަލް، 2008 ވަނަ އަހަރު ނުކުތް ކުއަންޓަމް އޮފް ސޮލޭސް، 2012 ވަނަ އަހަރު ނުކުތް ސްކައިފޯލް އަދި 2015 ވަނަ އަހަރު ނުކުތް ސްޕެކްޓްރާއެވެ.

ކިޔުންތެރިންގެ ހިޔާލު