ބަރަހަނާ ފިލުމު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ވިޔަފާރިވެރިޔާ ރާޖު ކުންދުރާގެ މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީގެ ރުޅިގަނޑު އެންމެން ފަހުން ފަޅައިގެން ގޮސް ފިރިމީހާއާ ދިމާލަށް ހަޅޭލަވައި ގަނެފިއެވެ.

ރާޖް ހައްޔަރު ކުރިފަހުން މިދިޔަ ހުކުރު ދުވަހު އޭނާ އަމިއްލަ ގެއަށް ފުލުހުންގެ ބެލުމުގެ ދަށުން، ބަލާަ ފާސް ކުރަން ގެންދިޔައިރު، އެގަޑީގައި ޝިލްޕާ މި ވަނީ ރާޖްއާ ދިމާލަށް ހަޅޭލަވައިގަނެފައެވެ.

"އަހަރުމެންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރި، މިއީ ދެން ކޮން ކަމައްތަ އަޅެ". ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ރާޖް ގެއަށް، ބަލާ ފާސް ކުރަން ގެންދިއުމުން ޝިލްޕާ ބުނި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އުމުރުން 45 އަހަރުގެ ރާޖް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ފިލްމުތައް އުފެއްދުމާއި އެޕްލިކޭޝަންތަކުގައި ޕަބްލިޝްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުގައެވެ.

އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފައެވެ.

މި މައްސަލާގައި ޝިލްޕާގެ ބަޔާންވެސް ނަގާފަައި ވެއެވެ. ޝިލްޕަގެ ބަޔާން ނަގާފައި ވަނީ އޭނާއާ ދެމަފިރިންގެ ދަރިން ދިރިއުޅޭ ގެ ބަލާ ފާސް ކުރުމުގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ޝިލްޕާ ވަނީ ރާޖު ކުންދުރާގެ ވިޔަފާރި ވިއާން އިންޑަސްޓްރީގެ ޑައިރެކްޓަރެއްގެ މަގާމުން އިސްތިއުފާ ވެސް ދީފައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މިހާރު އެކަން ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުންގެ މީހަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، ޝިލްޕާއަށް އޭނާގެ ފިރިމީހާ ފެނުމުން ހުރީ ރޮވިފައެވެ،

"އަހަރުމެންގެ މުޅި އާއިލާގެ އަގު މި ވަނީ ވެއްޓިފައި، އަހަރުމެންގެ އިންޑަސްޓްރީގެ މަަސައްކަތްތައް ހުއްޓި، އެތައް ޕްރޮޖެކްޓެއް އަހަރެން ދޫކޮށްލަން ޖެހިއްޖެ، މިއާއެކު އަހަރުމެންނަށް ފައިސާ ލިބޭނެ އެއްވެސް މަެއް ނެތް".

ޝިލްޕާ ޝެޓީ އާއި ރާޖް ކުންދްރާ ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް މިހާރު ވަނީ ދެ ކުދިންވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދް

    ސެޓިސްފެކްޝަން

  2. ހުސޭނުބޭ

    އެބުނީ ދެމީހުން ތައްޔާރުކުރި ހުރިހައި ފިލްމުތަކެއް ހުރިވާހަކަ!

    6
    5
  3. ޅޮހި

    ލާރި ފަހަތުން ދުވާންޏާ ތިކަހަލަ ކިތަންމެ ބޮނޑިއެއް ލިބޭނެ

    16
    1
  4. އަލި ދީދީ

    ޝިލްޕާ އެކޭ މިހާރު އެއްޗެއް ވިސްނޭ ދޯ.. ދަޅުކަން ފިލްމުގަ ސުނިލް ޝެޓީއަށް ޖެއްސި ޙާލު ވިސްނާލިން؟؟؟