ރާއްޖޭގެ ކުރީގެ މަޝްހޫރު ބަތޮލާ އާމިރާ އިސްމާއީލް ކައިރިން އޮން އެެއާގައި މީހަކު ރައްޓެހިވާން އަހައިފިއެވެ.

މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިއީ ޕްލޭން ކުރެވިގެން ކޮށްފައިވާ ކަމެއްކަން ވަރަށް ބޮޑަށް ބެލެވެއެވެ.

އެގޮތުން އީދު ދުވަހާއި ގުޅުވައިގެން ޓީވީއެމް އިން ގެނެސްދިން ލަވަ ޕްރޮގްރާމެއްގެ ތެރެއިން މުހައްމަދު ނަމަކަށް ކިޔާ މީހަކު އާމިރާ ކައިރިން ރައްޓެހިވާން އަހާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ.

 

View this post on Instagram

 

A post shared by Amira Ismail (@amiraismail77)

އެ ވީޑިއޯ ފެށިގެން ދަނީ ޕްރޮގްރާމްގެ ހޯސްޓް ނަމްޒާ މީހަކަށް ގުޅާ ތަނުންނެވެ. އެ މީހާގެ އަޑު އާމިރާގެ ކަންފަތުގައި ޖެހުމާއެކު އެއީ ކާކުކަން އާމިރާއަށް އެނގުނު ކަހަަލަ އެވެ. އެއީ އޭނާގެ މޫނު މަތިން ލަދުރަކިކަމުގެ ކުލަވަރުތައް ފެންނަން ފެށުމުންނެވެ.

ނަމްޒާ: އައްސަލާ އަލައިކުމް. ކޮން ބޭފުޅެއްތޯ؟

ފޯން ކޯލް: މުހައްމަދު

ނަމްޒާ: މުހައްމަދު ކިހިނެއްތޯ ހާލު؟

މުހައްމަދު: ރަނގަޅު

ނަމްޒާ: މިރޭގެ ޝޯގައި އަޅުގަނޑު މި ކުރިއަށްގެންދަނީ އާމިރާއާއެކީގައި، މުހައްމަދު އާމިރާއެކު ކުރާނެ ވަކި ހާއްސަ ސުވާލެއް އެބަ އޮތްތޯ؟

މުހައްމަދު: އާމިރާ ކައިރީގައި އަހާލަން ބޭނުންވަނީ އޮން އެއާކޮށް ކުއްޖަކު ރައްޓެހިވާން އަހައިފިއްޔާ ކީކޭތޯ ބުނާނީ؟

އެގޮތުން އެހުމާއެކު އާމިރާ މޫނު މަތީގައި އަތް އަޅާފައި ހޭން ފަށައެވެ. ބަލާބެލުމުން އޭނާ ހުރީ ވަރަށް ލަދުންނެވެ.

ނަމްޒާ: އާމިރާ ވަރަަށް ބޮޑު ސުވާލެއް އޮން އެއާގައި

އާމިރާ: ކޮންމެ ކޮންމެ ކުއްޖަކު އަހައިގެން ނުބުނެވިދާނެ، އެކަމަކު ތި ކާކުކަން އާމީއަށް އެބަ އެނގޭ، އެހެންވެއްޖެއްޔާމުން އާނއެކޭ ބުނެވިދާނެ

ނަމްޒާ: އެހެންވީމަ މި އޮތީ ވަރަށް ބޮޑަށް ހިތާވެސް ގުޅިފައި، އާމިރާގެ ޖަވާބުން ނަމްޒާއަށް ސުވާލު އުފެދިއްޖެ ވަރަށް ބޮޑަށް، އަހަންތަ ތި އުޅެނީ؟

މުހައްމަދު: މިހާރު އެހިއްޔޭ މިއީ

އާމިރާ: ޔެސް އޭ

ނަމްޒާ: އެހެންވީމަ ވަރަށް ބޮޑަށް މަރުހަބާ މުހައްމަދު

@maldiviancontent

Tvm lavayakun program 22072021#maldives #maldiviantiktok #maldivesactress #amiraismail #love

♬ original sound - maldiviancontent

އާމިރާއަކީ މީގެ 10 ވަރަކަށް އަހަރެއްހަ ދުވަސް ކުރިން ވީޑިއޯ ލަވަތަކުންނާއި، ފިލްމްތަކެއްގައި މަސައްކަތް ކުރި ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ ލީނާއެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި އަމްޖަދު "އުދަބާނީ" ހިމެނޭއިރު، އެ ފިލްމްގައި ބަތަލާއަކީ އާމިރާއެވެ.

އާމިރާ ފިލްމީ ދާއިރާއިން ގެއްލުނު ގޮތަށް ބުރުގާވެސް އެޅިއެވެ. އޭނާ އެނބުރި ދާއިރާއަށް އައީ ބުރުގާ ނެގުމަށްފަހުއެވެ.

މަޝްހޫރު ތަރިން ކަމުގައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން ފަދަ ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ވިދުން ގަދަ ފިރިހެން ތަރިންނާއެކު މަސައްކަތްކޮށްފައިވާ އާމިރާ ފެނިގެން ދިޔަ ބައެއް ފިލްމްތަކުގެ ތެރޭގައި "ލަވް ސްޓޯރީ" އާއި "ޖިންނި" އާއި “ވީރާނާ” "ލޫދިފާ" ފަދަ ފިލްމުތައް ހިމެނޭއިރު، ސީރީޒްތަކުގައިވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ސޫރަ" މިއީ ފާހަގަކޮށްލެވޭ ސީރީޒެކެވެ.

އޭނާ ވަނީ މިހާތަނަށް 18 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެ ފިލްމްތަކުގެ ތެރެއިން ބައެއް ފިލްމްތަކުން އެވޯޑަށްވެސް ނޮމިނޭޓްވެފައި ވެއެވެ. އޭގެ އިތުރުން، ނުވަ ވަރަކަށް ސީރީޒްގައި އޭނަ މަސައްކަތްކޮށްފައިވާއިރު، ތިން ވަރަކަށް ކުރު ފިލްމްގައި މަސައްކަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ހެހެ ވިސްނުނީމަ ބުރުގީސް އެއް ނާޅާނެ ކުޑަކުއްޖަކުވެސް އެއީ ދިވެހި ސަގާފަތާ ވެސް ދުރު ކަމެއް

    8
    14
    • މަ ޖިބުރާ

      ބުރުގާ އަޅާ އަންހެން ބޭފުޅުން މަގުމަތިން ވެސް ނުފެނޭތަ؟

      • ގުއި ޖިބްރާ

        ބޭފުޅުން ނާޅާނެ ބުރުގަލެއް އިނގޭތޯ.. ބޭކަނބަލުންއަޅާނީ

  2. ޔާރޭ

    ސާބަސް. އަދި ކިރިޔާ ދޯ ވަގުތު މީހުންނަށް ކަމެއްވީކަންވެސް ތި އިގުނީ

    10
    3
  3. ހާމިދު ޝާހިދު

    އާމިރާގެ އުމުރާއި، އޭނާ ގެ ކުރީގެ ރިލޭޝަންޝިޕް ތަކަށް ވީގޮތުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ހިމަނާލާފައި ހުރިނަމަ ވަރަށް ރަނގަޅުވާނެ. އާމިރާއަށް ހުރިހާ ގޮތަކުންވެސް ކާމިޔާބަށް އެދެން.

    8
    3