ދުނިޔެއަށް މަޝްހޫރު އެންމެންގެ ލޯބި ލިބިފައިވާ ލަވަކިޔުންތެރިޔާ އަދި ނެށުންތެރިޔާ މައިކަލް ޖެކްޝަންއާ ބައްދަލު ކުރުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭއާރު ރަހުމާން ދެކޮޅު ހެދިކަން އެނގޭ ހެއްޔެވެ؟

އޭއާރް ރަހުމާންގެ މެނޭޖަރު ގާތު މައިކަލް ޖެކްޝަންއާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުނުމުން މެނޭޖަރު ވަނީ މައިކަލް ޖެކްޝަންއަށް މެއިލްއެއް ފޮނުވައިފައެވެ. އެއްވެސް އުއްމީދެއް ނެތް ގޮތަށް ކުރި މި މެއިލްގެ ޖަވާބު ލިބުނީ ވަރަށް އުފާވެރިކޮށެވެ.

ރެހްމާންއާ ބައްދަލު ކުރުމަށް މައިކަލް އެއްބަސްވި ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އޮސްކާ އެވޯޑެއް ލިބުމުން ނޫނީ މައިކަލް ޖެކްޝަންއާ ބައްދަލު ނުކުރުމަށް އޭނާގެ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

ދެހާސް ތިން ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަކީ އޭއާރު ރެހުމާނާއި މުޅި އިންޑިއާ ވެސް ފަޚުރުވެރި ދުވަހެކެވެ. އޭއާރް ރެހުމާނަށް ދެ އޮސްކާ އެވޯޑު ލިބުނު ދުވަހެވެ.

އެއަށްފަހު މައިކަލް ޖެކްޝަންއާއި ބައްދަލު ކުރެވި އޭނާއަށް އެވަގުތު ކުރެވުނު އިހުސާސްތައް ކިޔައިދެމުން ރެހުމާން ބުނެފައިވަނީ މައިކަލް އޭނާއަށް ނަށައި ދީފައިވާ ކަމަށެވެ.

''މައިކަލް އޭނާގެ ''އައިކޮނިކް'' އަންގި ލައްވައިގެން ހުރެ ދޮރު ހުޅުވާލާފަ އެތެރެއަށް އައިއިރު އަހަރެން ވެސް ހުރީ ދެ އޮސްކާ އެވޯޑު ހާސިލުވުމުންނާއި މައިކަލްއާއި ބައްދަލުވުމުން ވަރަށް އުފާވެފައި. ދެ ގަޑިއެއްހާއިރު ދެމީހުން ވާހަކަދައްކަން ތިބިން. ލޯތްބާއި ނަފުރަތާއި ބެހޭގޮތުން ވެސް ވާހަކަދެކެވުނު. އަހަރެންގެ މިޔުޒިކެކޭ އެއްފަދައިން އޭނާގެ ނެށުމަކީ ވެސް އޭނާގެ ހިތުގެ އެންމެ ފުންމިނުން އަންނަ އެއްޗެއް ކަމަށް ބުނި. އަދި ކުއްލިއަކަށް ތެދުވެ ނަށަން ފެށި'' އޭއާރު ރެހުމާން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު