ބަރަހަނާ ފިލުމު އުފެއްދެމުގެ ތުހުމަތުގައި ހައްޔަރު ކުރި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ ދިފާއުގައި ބަތަލާ ރާކީ ސާވަންތު ނުކުމެއްޖެއެވެ.

ރާޖުގެ މި މައްސަލައާ ގުޅިގެން ބޮލީވުޑް އިންޑަސްޓްރީ ހަނު ހުރުން އިޚުތިޔާރު ކޮށްފައިވާ މި ދަނޑިވަޅުގައި ރާކީ ސާވަންތު ވަނީ ރާޖުގެ ދިފާޢުގައި ވާހަކަ ދައްކައިފައެވެ.

''އަހަރެން އެއްވެސް މީހަކާ ދެކޮޅެއް ނޫން. ބަރަހަނާ މަންޒަރުތައް ޝޫޓު ކުރުމަށް އެއްވެސް މީހަކު ތިމާގެ ބޮލަށް ބަޑި އަމާޒެއް ނުކުރެ. އެހެންވީމާ އެއްވެސް މީހަކު ބަދުނާމު ނުކުރޭ. ބަރަހަނާ މަންޒަރު ވިއްކާނަމަ އެ ގަންނާނެ މީހުން. ހުނަރުވެރިކަން ވިއްކާ ނަމަ އެ ގަންނާނެ އެހެން މީހުން. މިއީ މިނިވަން ގައުމެއް. މި ގައުމުގައި ތަފާތު އެކި މަސައްކަތް ކުރޭ. އެކަން ކުރާ އެތައް ބަޔަކު އުޅޭ. ކީއްވެ ހަމައެކަނި ރާޖުގެ މައްސަލަ ބަލަނީ. އެއީ މަޝްހޫރު ބަތަލާ ޝިލްޕާގެ ފިރިމީހާ ވީމަތަ؟ ނޫނީ އެއީ ވިޔަފާރިވެރިއެއް ވީމަތަ؟'' ރާކީ ސާވަންތު ބުނެފައިވެއެވެ.

މިކަމާ ރާކީ ވަރަށް ދެރަވާ ކަމަށާއި އަދި ވަކި މީހެއް މީގައި ކުށްވެރިއެއް ނުކުރާ ކަމަށް ބުނެފައިވެއެވެ. އަދި ވަކި މީހަކީ ރަނގަޅު މީހެކޭ ނުބުނާ ކަމަށް ވެސް ރާކީ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޝިލްޕާގެ ފޯނާއި ޖޫހުގައި ހުންނަ އެމީހުންގެ ގެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ރާޖުއާއި ޝިލްޕާގެ ދެމެދުގައި ދެބަސްވެ އަރާރުންވުންތައް ވެސް އިތުރުވެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ރާޖު ހުރިއިރު މުމްބާއީ ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ޝިލްޕާއަށް ވެސް ''ކުލީން ޗިޓް'' ދެވިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުދަންނަމީހާ

    މި ރާކިއަކީ އިސްތިހާރުވަން ވެގެން އުޅޭ މީހެއް. އެއިރެއްގަ އެންމެ ހޫނުކޮށްހިގާ މައްސަލައަކަށް ވިއްޔާ ކޮމެންޓް ކުރާނެ އެބަޔަކި މިނާ ނުދަންނަ ބަޔަކަށް ވިޔަސް.