ފިލުމު ''ނޯ ޓައިމް ޓު ޑައި'' ގައި ޖޭމްސް ބޮންޑުގެ ކެރެކްޓާ އިން ފެނިގެން ދިޔަ އެކްޓަރު ޑެނިއަލް ކްރެގް ބޮލީވުޑު ފިލުމެއް ކުޅުމަށް އޮޑިޝަން ދީފައިވާކަން އެނގޭ ހެއްޔެވެ؟

މި ފިލުމުގައި ބަގަތު ސިންގް އާއި ރާޖުގުރޫ އާއި ޝުކްދޭވްއަށް އަދަބު ދިނުމަށް ގެންދާ ޖެއިލަރުންގެ ތެރެއިން އެކަކީ ޑެނިއަލްއެވެ. ޑެނިއަލްއަށް ފިލުމުގައި ބައިވެރިނުވެވުނު ސަބަބު ޑައިރެކްޓަރު މެހެރާ ވަނީ ހާމަކޮށްފައެވެ.

''އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ބަގަތު ސިންގްއާއި ރާޖުގުރޫއާއި ސުކްދޭވް ދަންޖެއްސުމަށް ގެންދާ ބޭރުގެ ފުލުހެއް ކަމުގައިވާ ޒުވާން ޖޭމްސް މެކިންލީގެ ރޯލަށް ޑެނިއަލް އޮޑިޝަން ދިންކަން'' ޑައިރެކްޓަރު މެހެރާ ބުނެފައިވެއެވެ.

ނަމަވެސް ފިލުމު ރިލީޒް ކުރެވުނު އެ ރޯލުން ފެނިފައިވަނީ އެހެން މީހެކެވެ. އެކަން ސާފުކޮށްދެމުން ޑައިރެކްޓަރ މެހެރާ ބުނެފައިވަނީ އޭނާއަށް އެ ރޯލު ދޫކޮށްލަން ޖެހުނީ ''ޖޭމްސް ބޮންޑު'' ގެ ރޯލު ލިބުމުން އެކަމަށްޓަކައި ކަމަށެވެ.

''އަހަރެންގެ އެންމެ ފުރަތަމަ ހޮވުމަކީ ޑެނިއަލް. ނަމަވެސް ޑެނިއަލް އެދުނީ އޭނާއަށް ކުޑަ ވަގުތުކޮޅެއް ދިނުމަށް. އެއީ އޭނާ ޖޭމްސް ބޮންޑުގެ ރޯލު ލިބުމުން. ދެން އޭގެ ފަހުން ކަންތައްވީ ގޮތް ހުރިހާ އެންމެންނަށް ވެސް އެނގޭނެ'' ޑައިރެކްޓަރު މެހެރާ ފާހަގަކޮށްފައިވެއެވެ.

ފިލުމު ރަންގް ދެ ބަސަންތީއަކީ އިންޑިއާގެ ތާރީޚު ކިޔައިދޭ ވަރަށް ކާމިޔާބު ވެގެން ދިޔަ ފިލުމެކެވެ. މި ފިލުމުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނާއި ސިދާންތުއާއި ކުނާލް ކަޕޫރާއި ސޯހާ ޢަލީ ޚާނާއި، އަލައިސް ޕެޓަންއާއި އަތުލް ކުރްކަރްނީއާއި ޝަރްމަން ޖޯޝީއާއި އާރް މާދަވަންއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިތުރާ