ދުނިޔޭގެ ފުރަތަމަ ބިމު އަޑީގެ ރޭއިލްވޭ ސްޓޭޝަނަކީ އިނގިރޭސި ވިލާތުގެ ލަންޑަން އަންޑަގްރައުންޑްއެވެ. މި ތަން އިމާރާތް ކޮށްފައިވަނީ 1863 ވަނަ ޖެނުއަރީ މަހުއެވެ. މިއަދުގެ ދުނިޔޭގައި މި ރެއިލްވޭ ސްޓޭޝަނަކީ 12 ވަނައަށް އެންމެ ބާރު ބޮޑު ސްޓޭޝަނެވެ. މިތަން ބޮޑަށް ހާއްސަވަނީ ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން ބޮންތަކުން ފިލަން ވަތް ތަނަށް ވާތީއެވެ. މިތަނަކީ މިހާރު ފަތުރުވެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ތަނެވެ.

ބުޑަޕެސްޓް މެޓްރޯ

މިއީ ދުނިޔޭގެ ދެ ވަނައަށް އެންމެ ދުވަސްވީ ރެއިލްވޭ ސްޓޭޝަނެވެ. މިތަނަކީ ޔުނެސްކޯގެ ވޮލްޑް ހެރިޓޭޖް ލިސްޓުގައިވެސް ހިމަނާފައިވާ ތަނެކެވެ. އަދި 1886 ވަނަ އަހަރު ހުޅުވި މިތަނުގައި ރޭލު ދުއްވާ ހަތަރު މަގު ހިމެނެއެވެ. އަދި މިއިން ކޮންމެ މަގެއްގައިވެސް ހުންނަނީ ތަފާތު ކުލަތަކެވެ.

ގްލަސްގޯ ސަބްވެއި

މިއީ ތިންވަނައަށް ދުނިޔޭގައި ހުޅުވި ރެއިލްވޭ ސްޓޭޝަނެވެ. މިތަން ހުޅުވާފައި ވަނީ 1896 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސްކޮޓްލެންޑުގައި ހުންނަ މިތަނަކީ އެ ގައުމަށް ދަތުރުކުރާ ފަތުރުވެރިން އެންމެ ގިނައިން ދާ އެއްތަނެވެ.

ޝިކާގޯ 'އެލް'

ޝިކާގޯ އެލެވޭޓެޑް(އެލް އަކީ އެލެވޭޓެޑް ކުރުކޮށްލަން ބޭނުންކުރާ އަކުރެއް) ރެޕިޑް ޓްރަންސިޓް ސިސްޓަމް އަކީ ހަތަރުވަނައަށް ދުނިޔޭގެ އެންމެ ދުވަސްވީ ރޭލު ސްޓޭޝަނެވެ. އެމެރިކާގައި ހުންނަ މި ރޭލު ސްޓޭޝަނަކީ އެ ގައުމުގައި ހުރި އެންމެ ބޮޑު ރޭލު ސްޓޭޝަނެވެ. މިތަން ހުޅުވާފައި ވަނީ 1892 ވަނަ އަހަރުގައެވެ. މިތަނުގައި ރޭލު ދުއްވާ އަށް މަގު ހުރެއެވެ. އަދި މިއީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްކަން ފާހަގަ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު