އިންޑިއާގެ ފުރާވަރު އަންހެން ކުއްޖަކު ޖިންސު ލައިގެން އުޅޭތީ އެކުއްޖާ އަށް ވަރަށް ބޮޑަށް އަނިޔާކޮށް މަރާލުމަށްފަހު އާއްމުންނަށް ފެންނާނެހެން ކުއްޖާގެ ހަށިގަނޑު ދަންޖައްސައިފިއެވެ.

އުމުރުން 17 އަހަރުގެ ނެހާ ޕަސްވާން ނަމަކަށް ކިޔާ އަންހެން ކުުއްޖާ އަށް އަނިޔާކޮށް އެކުއްޖާ މަރާލާ އަދި އެކުއްޖާ ދަން ޖެއްސުވީ ވެސް ކުއްޖާގެ އާއިލާ މެންބަރުންނެވެ. އެކުއްޖާ އަށް ހަމަލާ ދިނީ ކުއްޖާގެ ބޮޑުބޭބެ މެންނާއި އާއިލާގެ އިތުރު ބަޔަކު ކަމަށް ކުއްޖާގެ އަވައްޓެރިން ވަނީ މައުލޫމަތު ދީފައެވެ. ކުއްޖާގެ އަވައްޓެރިން ބުނާ ގޮތުގައި ނެހާ ލައިގެން އުޅޭ ހެދުންތަކާއި ގުޅޭ ގޮތުން އާއިލާގެ ތެރޭގައި ދެބަސްވުން އުފެދި ޒުވާބު ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގައެވެ.

އެއްދުވަހު ހަވީރު ނެހާ ރީތި ވެގެން ނިކުތުމުން އޭނާ ޖިންސާއި ޓޮޕް ލައިގެން ހުރުމުން މަސްރަހު ގޯސްވެ ޒުވާބު ކުރަން ފެށިއެވެ. ޒުވާބު ހޫނުވެ ވަކިހިސާބަކުން އާއިލާ މެންބަރުން ނެހާ އަށް ހަމަލާދީ އޭނާ ހެނެތެންދެން އަނިޔާ ކުރި ކަމަށް ވެއެވެ.

އެހައި ހިސާބުން އެތަނަށް އާއިލާގެ އެހެން މެންބަރުންނާއި އަދި އަވައްޓެރިން ޖަމާވުމުން ނެހާ ވޭނަކަށް އަރުވައިގެން ނައްޓާލިއެވެ. ވޭނަކަށް އަރުވައިގެން ނެހާ ގެންދަނީ ހޮސްޕިޓަލަށް ކަމަށް އާއިލާގެ މެންބަރުން ބުންޏެވެ.

ނަމަވެސް އެމީހުން ނެހާ ގެންދިޔައީ ހޮސްޕިޓަލަކަށް ނޫނެވެ. ދެން ފެނުނީ ނެހާގެ ހަށިގަނޑު އެސަރަހައްދުގައި އޮންނަ ކޯރެއްގެ މަތިން އަޅާފައިވާ ބުރިޖެއްގައި ދަންޖައްސުވާފައި ހުއްޓައެވެ. ނެހާގެ ހަށިގަނޑު ފެނުނީ އަނެއް ދުވަހު ހެނދުނު އެކުއްޖާގެ މަންމައަށެވެ.

މިމައްސަލައިގައި އަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނެހާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ނެހާގެ ކާފަ އާއި މާމަގެ އިތުރުން ބޮޑުބޭބެ އިންނާއި ބޮޑުދައިތައިންނާއި ދެބެންދެދަރި މީހުން ވެސް ހިމެނެއެވެ.

އިންޑިއާ އަކީ އަންހެނުންނަށް މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑެތި ނުރައްކާތަކާއި ކުރިމަތިވާ އެއްގައުމެވެ. އެގައުމުގައި އެވްރެޖްކޮށް ކޮންމެ ދުވަހު 20 އަންހެނުން މަރާލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔައުގޫބް

    މިވަ ރުގެ ބަޔަކު މިއުޅެނީ ރާއްޖެއަށް ހެޔޮއެދިގެން
    ވިސާހޯދަން ބަލިމީހާ އިންޑިޔާ އެމްބަސީ ދަށުގައި
    ސަލާންޖަހަނީ ކިއު ހަދައިގެން ސާބަސް ޔާމީނު
    ވެ ރިކަމުގަ ހު ރިއި ރަށް ވު ރެއް މާގޯސް ވެއްޖެ ޔޭދޯސްތީ
    ހަމުނެހީ ޗޯޅެއްގޭ ދެން ލަލަލަ

    7
    1
  2. ގެރިބަކަރިމޯދީ

    އަދިވެސް ނަންވާނީ މުސްލިމުން.މިހިރީ ހިންދޫންގެ އަމަލު ހުރި ގޮތް.

  3. ބޮޓު

    މުޅިންވެސް ބަލި ކުދިން