އަހަރެމެން އެންމެނަށް ވެސް ހީވެފައި އޮންނަނީ ޕްރައިވެޓް ޖެޓެއްގައި ދަތުރު ކުރުން އެއީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. ވަރަށް ބޮޑެތި މުއްސަނދިންނަށް ނުވަތަ ފުޓްބޯޅަ ކުޅުންތެރިންނާއި މަޝްހޫރު ފިލްމީތަރިންނަށް ނޫނީ ޕްރައިވެޓް ޖެޓެއްގައި ދަތުރު ނުކުރެވޭނެ ކަމަށް އަހަރެމެން ހީކުރަމެވެ. ނަމަވެސް އެއީ އަދި މުޅިން ހަގީގަތެއް ނޫނެވެ.

ޕްރައިވެޓް ޖެޓްގެ މާކެޓްގައި ވެސް މިހާރު ވާދަވެރިކަން ބޮޑުވެ، އަގުތައް ވެއްޓި ވަރަށް ހެޔޮ އަގެއްގައި ވެސް ދަތުރު ކޮށްލުމުގެ ފުރުސަތު ލިބިދާނެއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްކޮޓްސްޑޭލް އިން މިވަނީ ކޮންމެ މީހަކަށް ވެސް ޕްރައިވެޓް ޖެޓެއްގައި ދަތުރު ކޮށްލެވޭނެ ފަދަ އަގުތަކެއް އިއުލާންކޮށްފައެވެ. އެކުންފުނީގެ އަގުތައް ހުރީ އާދައިގެ ފްލައިޓެއްގައި ދަތުރުތައް ކޮށްލެވޭ ވަރުގައެވެ. މިސާލަކަށް އެމެރިކާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކޮށްލަން ހަރަދު ކުރަން ޖެހެނީ 450 ވަރަކަށް ޑޮލަރެވެ. އެއީ ހައެއްކަ ހާސް ދިވެހި ރުފިޔާއެވެ. ތިން މީހަކު މާލެ އިން އައްޑުއަށް ދަތުރުކޮށް އެނބުރި މާލެ އަންނަން ވެސް އެއަށްވުރެ ބޮޑު އެއްޗެއް ހަރަދު ކުރަން ޖެހޭނެއެވެ.

ނަމަވެސް ސްކޮޓްސްޑޭލްގެ ޖެޓްތަކުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ މެންބަރުންނަށް ވާން ޖެހޭނެއެވެ. އަގުހެޔޮ ދަތުރުތެއް މިއިން ޖެޓެއްގައި ރާއްޖެ އިން ކުރަން ބޭނުން ވާނަމަ ޖެޓްގެ ދަތުރެއް ރާއްޖެ އަށް ކުރާ ދުވަހެއް ކުންފުންޏާއި ވާހަކަ ދައްކައިގެން ބަލަން ޖެހޭނެއެވެ. އަދި އެކުންފުނީގެ ދަތުރުތައް ދެން ކުރިއަށް އޮތް މަންޒިލެއް ވެސް ބަލަން ޖެހޭނެއެވެ. އަގުހެޔޮކޮށް ދަތުރު ކުރެވޭނީ ޖެޓްގެ ދަތުރުތައް އިންތިޒާމް ވެފައި އޮތް ގޮތެއް ބެލުމަށް ފަހު އެވެ.

ސްކޮޓްސްޑޭލްއިން ދަތުރު ކުރުމުގައި ގެންގުޅެނީ އެންމެ ލަގްޒަރީ ޖެޓްތަކެވެ. އޭގެތެރޭގައި ޗެލެންޖާ 850އެސް އަދި ޗެލެންޖާ 800 ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު