ބޮލީވުޑްގައި އެންމެ ބޮޑަށް މިހާރު ވިދަމުން އަންނަ އެއް ތަރިއަކަށް އާލިއާ ބަޓް ވާނެއެވެ. އާލިއާ ބަޓްގެ ގިނަ ފިލްމުތަކެއް އާންމުންނަށް ކަމުގޮސްފައިވާ އިރު، އޭނާއަކީ ދިރިއުޅުމުގެ އެކިއެކި ކަންކަން މީސް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން އަންނަ ފަންނާނެކެވެ.
އާލިއާ ބަޓް ބުނި ގޮތުގައި ހެނދުނު ހޭލައިގެން ހަންގަނޑަށް ދެމުން އަންނަ ފަރުވާއަކީ އޭނާގެ ދިރިއުޅުމުގެ ހަޔާތުގައި ކުރަމުން އަންނަ މުހިންމު އެއް ކަމެވެ. އާލިއާ ބަޓް ދާދި ފަހުން ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯއެއްގައި ވަނީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރަމުން އަންނަ ކަންކަން ކިޔައި ދީފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އޭނާގެ މޫނަށް ޖަހަނީ ސްޕްރޭއެކެވެ. އެއަށް ފަހު މޫނު މަސާޖްކޮށްލައެވެ.
"އަހަރެން އެގޮތަށް ކަންތައް ކުރަނީ އެކެއް، ދެ މިނެޓު ވަންދެން،" އާލިއާ ބަޓް ކިޔައި ދިނެވެ.
އޭގެ ފަހުގައި، އޭނާ ލޯ ކައިރީގައި ކްރީމެއް އުނގުޅައެވެ. އަދި ވިޓަމިން ބީ-3 އެކުލެވޭ ނިކޮޓިނޮމައިޑް ހަންގަނޑުގައި ހާކައެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ތާޒާކަން ލިއްބައިދީ، އަރާމްކަން އިހްސާސްކޮށްދެއެވެ.
"އެކަމުގެ ސަބަބުން ރޫޖެހިފައި ހުންނަ ހުރުމާއި ވިހަ ގޭސްތަކުން ހަންގަނޑު ސަލާމަތްކޮށްދޭނެ،" އާލިއާ ކިޔައި ދިނެވެ.
އާލިއާ ބުނީ މޫނު މައްޗަށް ތާޒާކަން ގެނައުމަށް ބޭނުން ކުރާ ކޮންމެ އެއްޗެއް ވެސް ކަރާއި އަތުގައި ބޭނުން ކުރެވިދާނެ ކަމަށެވެ.
އާލިއާ ލޯ ކައިރީގައި ކެފެއިން މާއްދާ އެކުލެވޭ އެއްޗެއް ވެސް ލޯ ކައިރީ ތިރީގައި ހާކައެވެ. އަދި ސަން ސްކްރީން ފަދަ ތަކެތި ވެސް އުނގުޅައެވެ. އާލިއާ ބުނީ މޫނު މަތީގައި އެއްވެސް އެއްޗެއް އުނގުޅުމުގެ ކުރިން މޫނު ރަނގަޅަށް ދޮންނަން ޖެހޭނެ ކަމަށެވެ.
އާލިއާ ބަޓް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދަ އިޔާ"، "ޝާންދާރް"، "އުދްތާ ޕަންޖާބް"، "ޑިއާ ޒިންދަގީ"، "ރާޒީ"، "ސަދަކް 2" ފަދަ ފިލްމުތައް ހިމެނެއެވެ.
މަ ހެދުނު ހޭލާފަ ބަނޑު ސާފު ކުރަނީ
އެ މަންޖެ ހެދުނު ހޭލައިގެން އެންމެ ފުރަތަމަ ކަނީ ރޭބަތް!
ތިޔައީ އެމީ ހުންގެ ގޮތް ދެއްތޮ؟
އަޅުގަނޑު ހޭލަނީ ހެނދުނަކު ނޫން އިނގޭތޯ؟
ފަތި ހު ތެދުވަނީ. ތެދުވެ ނިދާ ހޭލައިގެން ކިޔާ ޛިކުރު ކިޔަނީ. އެޔަށް ފަ ހު ސާފު ޠާ ހިރުވެ ވުޟޫކޮއްގެން ފަތިސް ނަމާދު އިހހ ހު ސުންނަތް ކުރަނީ އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކުރަނީ. އެޔައް ފަ ހު ޛިކުރު ތަކާއި ދުޢާތަކާއި އެކު ދިރިއުޅުމުގެ މައިދާނަށް ނުކުންނަނީ..
ކޯންޗެއްތޯ މޮޅުވީ؟
އެމީ ހުން ނަމޫނާއަކަށް ބަލަންޏާ އަޅުގަނޑުމެން ހަލާކު ވެގެން ހިނގައިދާނެ..
އެހެން އެންމެނޭވެސް އެއްގޮތަށް އާލިޔާވެސް ހެނދުނު ހޭލާގޮތަށް ދެލޯ ހުޅުވަނީ. އެވެސް ހަމަ އިންސާނެއް، އަންތަރީސްނުވާނެތަ!