ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ ގައުމުގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފައެވެ. ފަހަކަށް އައިސް، ކައިވެންޏެއް ކާމިޔާބު ވަނީ މަދު ފަހަރެއްގައެވެ. މީގެކުރިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާ އިރު ވަރި ގިނައީ އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގައެވެ. ނާކާމިޔާބު ކައިވެނިތަކަށް ފަހު ދިރިއުޅުން އަލުން އާރާސްތުކުރެވޭތޯ އަނެއްކާވެސް ކައިވެނިކުރާ މީހުން ރާއްޖޭގައި ގިނައެވެ.
އިޖުތިމާއީ މި ބޮޑު މައްސަލަ އަށް މިއަދާ ހަމައަށް އައިއިރު ވެސް ހައްލެއް ނުލިބެއެވެ.
ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ފޭސްބުކްގައި މިހާރު އެންމެ މަޝްހޫރު އެއް ގްރޫޕަކީ "އިސްލާމިކް ނޮލެޖް" އެވެ. މި ގްރޫޕްގައި އާންމުން ކުރާ ސުވާލުތަކަށް އެންމެ ގިނަ އިން ޖަވާބު ދެއްވާ ދީނީ އިލްމުވެރިޔަކީ ޑރ. މުހައްމަދު އިޔާޒެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.
ރާއްޖޭގެ ޕަބްލިކް ވައިބަ ގުރޫޕުތަކުގެ ތެރެއިން އިޔާޒް ހިންގަވާ އިސްލާމިކް ނޮލެޖް އެމްވީ އެކަނި ފޮލޯ ކުރާ މީހުންގެ އަދަދު 10000 އަށް ވުރެ ގިނައެވެ. އިޔާޒަށް ސުވާލު ފޮނުވުމަށް 100 އަށް ވުރެ ގިނަ ގްރޫޕް ހިމެނެއެވެ.
މި ގްރޫޕްގައި ދިވެހިން އެންމެ ގިނައިން ކުރާ ސުވާލުތަކުގެ ތެރޭގައި ކައިވެންޏާ ގުޅޭ ސުވާލާއި ދެމަފިރިންނާ ގުޅޭ ސުވާލުތައް ހިމެނެއެވެ.
އެތަނުން އެކަކު ކުރި ސުވާލެއްގައި ނިދީގައި އޮއްވައި ހުވަފެނުގައި އަނބިމީހާ ވަރި ކުރާތަން ފިރިމީހާ އަށް ފެނިއްޖެ ނަމަ، އެއީ ވަރިއަކަށް ވާނެތޯ އަހާފައިވެއެވެ. އަދި އޭގެ ހުކުމަކީ ކޮބައިތޯ އެހުމުން އިޔާޒް ވިދާޅުވީ އެގޮތަށްވެއްޖެ ނަމަ، އެއީ ވަރިއަކަށް ނުވާނެ ކަމަށެވެ.
މިއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެއްގެ ޖަވާބު ކަމަށް ބެލެވެއެވެ.
އެހެން މީހަކު ވަނީ ފިރިމީހާ އިނދެގެން އަހަރުވީ އިރު ވެސް އަނބިމީހާގެ ހައްގުތައް އަދާނުކޮށްދޭ ނަމަ އަނބިމީހާ އަމަލު ކުރާނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ. އަދި އިސްކަން ދޭން ޖެހޭނީ "ވަރި ކުރި އަނބިމީހާ" އަށްތޯ ނުވަތަ އިނދެގެން އުޅޭ އަނބިމީހާ އަށްތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އިޔާޒް ވިދާޅުވީ އަނބިމީހާ އަށް ލިބެން ޖެހޭ ހައްގުތައް ފިރިމީހާގެ ފަރާތުން ނުލިބޭ ކަމަށް ވަނީނަމަ ވަރިއަށް އެދުމުގެ ހައްގު އަނބިމީހާއަށް ލިބިގެންވާ ކަމަށެވެ.
"ހައްގު އޮންނާނީ އިނދެގެން އުޅޭ މީހާގެ. ވަރި ކުރުމަށް ފަހު އިއްދައިގައި އިންނަ އިރުގެ ހަރަދު ފިޔަވައި އެހެން ހައްގެއް ނޯންނާނެ. ދެން ދަރިން ތިބި ނަމަ ދަރިންގެ ހައްގުތައް އަދާކޮށްދޭން ޖެހޭނެ،" އިޔާޒް ވިދާޅުވިއެވެ.
އެހެން މީހަކު އެ ގްރޫޕްގައި އަހާފައި ވަނީ ކައިވެނި ކުރުމަށްޓަކައި ރަން ކިޔާފައި ކޯޓަށް ކައިވެނި ކުރަން ފޯމްލާ ހިސާބުން ކައިވެނި ކުރަން އުޅޭ އަނބިމީހާ ކައިރީގައި ނިދޭނެތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އިޔާޒް ވިދާޅުވީ ކައިވެނީގެ އަގުދު ކުރެވުމާ ހަމައަށް އަންބަކަށް ނުވާނެކަމަށެވެ. އަދި އެ ހާލަތުގައި ފިރިއަކަށް ވެސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ހުވަފެނުގައި ބޮޑުވަޒީރަކަށް ވެވިއްޖެ
ރަންވަޅެއް ވެސް ލިބިއްޖެ.
އެއީދެން އަސްލުތަ
މޮޔަ ސުވާލު
އަޖައިބެއް! ހުވަފެނުގައި މީހުންނާ އިނދެ ދަރިން ލިބެނިކޮށް ފެނުނީމަ އެވޭތާ ހަޤީގަތަކަށް. ހުވަފެނުގައި ވަރަށް ގިނަ ޤައުމުތަކަށްވެސް ދަތުރުކުރެވޭ އެކަމަކު އެއްވެސް ތަނަކަށް ނުދެވި މިއޮންނަން ޖެހެނީ ކުޑަ ކޮޓަރިއެއްގަ
ހުވަފެނުގައި އަނބިމީހާ ވަރި ކުރެވިއްޖެ ނަމަ . އަނެއްކާވެސް ހުވަފެނުގައި
އަނބިމީހާއާއި އިންނާނީ.
ސޭކެއް ނުބުނަންޏާ މިވަރުވެސް ހަމަ ނޭންގޭމީހުން އުޅެޔޭދޯ….
ތިޔަ ސުވާލު އުފެދޭނީ ތިޔަކަހަލަ ގަމާރުންގެ ހިތުގައި.
ހުވަފެނުގައި ކައިވެނި ރުޖޫއުކުރާނީ..
އެފަދަ ސުވާލު ތަކުން ދޭހަވަނީ އިސްލާމްދީނުގެ ކޮންމެހެންވެސް އެނގެންޖެހޭ ކަންކަން ވަރަށް ގިނަ ބަޔަކަށް ނޭނގޭ ކަމެވެ. ހަމައެކަނި ޝެއިޚުން ކައިރިން އޮޅުން ފިލުވުމަށް ބަރޯސާ ވާތީއެވެ. ޝެއިޚުން ލިޔުއްވައި ޗާޕްކޮށްގެން ބުކްޝޮޕްތަކުގައި ވިއްކަން ހުންނަ ފޮތްފޮތް ނުކިޔާތީއެވެ. ހިތާމަހުރި އަނެއް ކަމަކީ އިސްލާމިކް ނޮލެޖް ގްރޫޕްގެ އެޑްމިންގައި އިންނަވާ ބޭފުޅަކަށް ރިޕީޓްކޮށް ވަރަށް މުހިންމު ސުވާލު ފޮނުވާ އިރުވެސް އެފަދަ ސުވާލުތަކަށް ޖަވާބެއް ނުލިބި، ތާކުންތާކު ނުޖެހޭ އެއްޒާތެއްގެ ސުވާލުތަކަށް ގްރޫޕްގައި ޖަވާބު ޕޯސްޓް ކުރައްވާތީ އެވެ.
ހުވަފެނުގަ ތަންމައްޗައް ހީސްލެވިއްޖެޔާ، ހޭލާފަ ހީސްދޮންނަން ޖެހޭނެތޯ؟؟! ނުވަތަ ނޫންތޯ<!!؟
އެއްގޮތަކަށްވެސް ކަމުދާ ސުވާލެއްނޫން. ހުވަފެނުގައި މީހަކު ވަރިކުރުމަކީ ބުއްދި ޤަބޫލް ކުރާކަމެއްނޫން.