ދީޕިކާ އާއި ރަންވީރުގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުގެ ވާހަކަ ބޮލީވުޑަގައި ދެކެވެތާ މިހާރު އެތަށް ދުވަހެއްވަނީއެވެ. އެ ދެ ފަންނާނުން ކުރެ އެއްވެސް ފަންނާނެއް އެއީ ދޮގެއްކަމުގައި ބުނެފައި ނުވާއިރު އެދެމީހުންގެ އުޅުން ހުންނަ ގޮތުންނާއި އެކުގައި ގިނަ ހަފްލާތަކުންނާއި ޗުއްޓީތަކުން އެކުގައި އެއް މަންޒިލަކުން ފެނުންވަނީ ގިނަވެފައެވެ.

ދެމީހުންގެ ގާތް ފަރާތަކުންވެސް އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ވަނީ މީޑިއާގައި ބުނެފައެވެ. މިހާރު ބޮލީވުޑްގައި ފެތުރެމުންދާ އަޑަކީ މި ދެ ފަންނާނުން މިއަހަރު ތެރޭގައި ކައިވެނި ކުރާ ވާހަކައެވެ.

ރީތި ގޮޑުދޮށްތަކަށް ލޯބި ޖެހިފައިވާ މި ދެފަންނާނުންގެ ކައިވެނީގެ ހަފްލާ އޮންނާނީ ކޮންމެވެސް ރީތި ގޮޑުދޮށެއްގައި ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި ގާތް ތިމާގެ މީހުނަށާއި ގާތް އެކުވެރިންނަށް ދައުވަތު ދެވިގެން ބާއްވުމަށް ހަމަޖެހިފައިވަނީ "ޑެސްޓިނޭޝަން ވެޑިން" އެކެވެ.

ދީޕިކާ އަދި ރަންވީރު

"އާން. ރަންވީރާއި ޑީޕިކާ މިއަހަރު ތެރޭގައި ކައިވެނި ކުރާނެ. އަދި އެއީ ޑެސްޓިނޭޝަން ވެޑިން އެއް. އެ ދެމީހުންނަކީވެސް ރީތި ގޮޑުދޮށަށް ލޯބިކުރާ ދެމީހުންކަމަށް ވާތީ ލަފާކުރެވެނީ އެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާނީ ކޮންމެވެސް ރީތި ގޮޑުދޮށެއްގައި ކަމަށް. އަދި ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ އާއިލީ ބޭފުޅުންނަށާއި ގާތް ރައްޓެހިންނަށް." އޭނާގެ ގާތް މީހަކު އިންޑިއާ.ކޮމް އަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށް ޖިޔޯ ޓީވީއިން ބުންޔެވެ.

ބައެއް ރިޕޯޓް ތަކުން ބުނާގޮތުގައި މި ދެ ފަންނާނުން ކައިވެނި ކުރާނީ 2018 ގައި ކަމަށް ބުނެފައިވެއެވެ. އަދި މުމްބާއީގައި އެއް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ދީޕިކާގެ އާއިލާ ދިރިއުޅެމުންދާ ބެންގަލޫރުގައިވެސް އެމީހުންގެ ކައިވެނީގެ ހަފްލާއެއް ބާއްވާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

ދާދިފަހުން މީޑިއާއިން އޭނާގެ ލޯބީގެ ގުޅުން އެހެން ހަރުފަތަކަށް ގެންދާނީ ކޮން އިރަކުންތޯ މީޑިއާއިން ސުބާލުކުރުމުން އޭނާ ބުނެފައިވަނީ "ހމމމ. ތި ބުނާ އަނެއް ހަރުފަތަކީ ކޮބާ؟ އަހަންނަކަށް ނޭންގެ. ކައިވެންޏަކީ .......... . އަހަރެން ގަބޫލް ކުރާ ގޮތުގައި ކޮންމެ ލޯބީގެ ކުޅުމަކީ ގުދުރަތީ ގޮތުން އެއަށް ފުރިހަމަކަން ގެނުވާނެ ގުޅުމެއް. އަހަރެން މި ދަނީ މިހާރު އެކަން ދެނެގަންނަމުން." އެވެ.

މި ދެފަންނާނުން އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ ދާދި ފަހުން ރިލީޒްކުރި އަދި މިހާރު ބޮލީވުޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ "ޕަދްމާވަތު" އިންނެވެ. މި ދެ ފަންނާނުންގެ ކައިވެންޏަކީ ހަމަ ގައިމުވެސް މި ދެފަންނާނުންގެ ސަޕޯޓަރުން ވަރަށް އުއްމީދުކުރާ އަދި އެ ސަޕޯޓަރުން ވަރަށް ދެކިލަން ބޭނުންވާ ދުވަހެކެވެ.