ޝާހް ރުކް ހާން އަކީ ބޮލީވުޑް ފިލްމް އިންޑަސްޓްރީގެ ރަސްގެފާނަށްވާއިރު އޭނާ މިހާރު ހުރި ހިސާބަށް ގޮސްފައި ވަނީ ވަރަށް ގިނަ ގުރުބާނީތަށް ކޮށްފައިކަން އޭނާގެ ފިލްމީ ހަޔާތަށް ބަލާލުމުން ހާމަވެއެވެ.

ތަފާތު އެތައް ރޯލުތަކުން ޝާހް ރުކް ހާންގެ އެތައް ވައްތަރެއްގެ ފިލްމެއް އެތައް އެވޯޑެއް ހޯދާފައިވާއިރު މި ބަލާލަނީ ޝާހް ރުކްގެ ފިލްމެއްގެ ތެރެއިން އޭނާ އަށް މަޖާކަމަށް ކުރިމަތިވި އެއްކަމެވެ.

ޝާހް ރުކްގެ މަޖާ ފިލްމުތަކުގެ ތެރެއިން 'މެއިން ހޫނާ' ފާހަގަ ކޮށްލެވޭ އެއް ފިލްމެކެވެ. އެ ފިލްމުގައި ގިނަ ބަޔަކަށްވެސް އެންމެ މަޖާ އެއްތަންކޮޅަކީ ޝާހް ރުކް ކިޔަވަންދާ ކޮލެޖުގެ ޕްރޮފެސަރ ވާހަކަ ދައްކާއިރު ކުރިމަތީގައި ހުންނަ މީހާގެ މޫނަށް ކުޅު ބުރައިގެންދާ ތަންކޮޅެވެ.

މި ފިލްމުގައި ޝާހް ރުކް ފެނިގެންދަނީ ރާމްގެ ރޯލުންނެވެ. އަދި ޕްރޮފެސަރ ގެ ރޯލުން ފެންނަނީ ސަތީޝް އެވެ. ޝާހް ރުކްގެ މޫނަށް ކުޅު ބުރައިގެންދާގޮތަށް އަންނަ ސީންގެ ނެގުމަށް 15 ފަހަރު އެ ސީން ތަކުރާރުކުރަން ޖެހުނެވެ. އެއީ ކޮންމެ ފަހަރަކުވެސް އެ ސީންގައި ޝާހް ރުކް އަށް ހެވޭތީ އެވެ.

ކުޅު ބުރައިގެންދާ ސީންއަށް ފަރިތަކުރުމަށް އަމިއްލައަށްވެސް ޝާހް ރުކް ގިނަ ވަގުތު ހޭދަކުރިއެވެ. މި ސީންގައި ފެނިގެން ދަނީ ޝާހް ރުކް އޭނާގެ ފައި ކްލާސްރުމް މޭޒުމައްޗަށް ނެގުމުން ޕްރޮފެސަރު ރުޅިއައިސްގެންނެވެ. މޭޒުމައްޗަށް ފައި އެރުވުމަށްވެސް ޝާހް ރުކް ކައިރީ އެދުނީ ޕްރިންސިޕަލްއެވެ.

މެއިން ހޫނާ އަކީ ފަރަހް ހާން ލިޔެ ޑައިރެކްޓް ކޮށް 2004 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ޝާހް ރުކްގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ތަރިންނަކީ ސުޝްމީތާ ސެން، ސުނިލް ޝެޓީ، އަމްރިތާ ރާއޯ އަދި ޒައިދް ހާން އެވެ.