ނަވާރަސަތޭކަ ނުވަ ދިހައިގެ އަހަރުތަކުގެ ފިލުމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް އެކްޓަރަކީ ސަންޖޭ ދަތުއެވެ. ނަމަވެސް މަސްތުވާތަކެތީގެ ސަބަބުން ސަންޖޭއަށް ކުރިމަތިލާން ޖެހުނު ކަންތައްތައް ވަނީ ފިލުމު ''ސަންޖޫ'' މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

ސަންޖޭ ދަތުގެ ކެރެކްޓަރ ރަންބީރު ކަޕޫރު ދައްކުވައިދިން މި ފިލުމުގައި ސަންޖޭ ދަތު އޭނާގެ އެންމެ ގާތް ރަހުމަތްތެރިއާގެ ސަބަބުންނާައި މަންމަ ބަލިވެ އުޅެން ޖެހުމުން ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހުނު ކަމާއި އެކަމާ އުޅުމުގެ ސަބަބުން އޭނާގެ ލޯބި ބީވެގެން ދިޔަ ގޮތް ދައްކުވައިދީފައިވެއެވެ.

ނަމަވެސް މި ފިލުމުން ވެސް ދައްކުވައިދީފައި ނުވާ ބައެއް ކަންތައްތަކަކީ:

މަސްތުވާތަކެތީގެ ވަބާގައި ޖެހުނީ ފުރަތަމަ ފިލުމު ''ރޮކީ'' އިން ފެށިގެން

މި ފިލުމުގެ ޝޫޓިންއަކަށް ކަޝްމީރަށް ދިޔައިރު އެއް ކިލޯ މަސްތުވާަތަކެތި ގެންދިޔަ ކަމަށާއި މަންމައަށް ކެންސަރު ޖެހި ފަރުވާ ކުރެވެމުން ދިޔަ އިރު ވެސް އޭނާއަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށް ސަންޖޭ ސަތު ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ސިނގިރޭޓް ބުއީ އުމުރުން ނުވަ އަހަރުގައި

ބައްޕަ ސުނިލް ދަތު ބާއްވާ ޕާޓީތަކުގައި މީހުން ސިނގިރޭޓް ބޯ ތަން ފެނުމުން ސިނގިރޭޓް ބޯން ބޭނުންވި ސަންޖޭ އެންމެ ފުރަތަމަ ބުއީ އަޅި ކެނޑިތަކުން ފިލްޓަ ނަގައިގެންނެވެ.

''ބުރޭކް އަޕް'' އަކަށް ފަހު ރިޝީ ކަޕޫރު ގައިގައި ތަޅައިގަންނަން ދިޔަ

ޓިނާ މުނިމް އާއި ސަންޖޭ ދަތުގެ ގުޅުން ނިމުމަށް ފަހު ޓިނާ އާއި ރިޝީ ކަޕޫރުގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް ހީކޮށް ރިޝީ ކަޕޫރު ގައިގައި ތަޅައިގަތުމަށް ދިޔައެވެ. އަދި ސަންޖޭއާއި އެކު އޭނާގެ ރަހުމަތްތެރިޔާ އެކްޓަރ ގުލްޝަން ގްރޯވާ ވެސް ދިޔަ ކަމަށް ސަންޖޭ ބުނެފައިވެއެވެ.

ސަންޖޭ ދަތު މިހާރު ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު އެނބުރި ފިލުމު އިންޑަސްޓްރީއަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު