ދެކުނު ކޮރެޔާގެ ލަވަ ބޭންޑެއް ކަމުގައިވާ ބީޓީއެސްއަކީ މުޅި ދުނިޔެއަށް މަޝްހޫރު ބޭންޑެކެވެ. މި ބޭންޑުގެ ސަޕޯޓަރުންގެ އިތުރުން ބޭންޑުގެ ކޮންމެ މެމްބަރަކަށް ވެސް ސަޕޯޓްކުރާ މީހުން އުޅެއެވެ.

ބީޓީއެސްގެ ސަޕޯޓަރުން (އާރމީ) ގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ބީޓީއެސް ބޭންޑު ނުވަތަ އެ ބޭންޑުގެ މެމްބަރުންނާއި ބެހޭގޮތުން ކޮންމެވެސް އައު ކަންތައްތަކެއް ހާމަވެގެން ދެއެވެ.

މިފަހަރު ބީޓީއެސްގެ މެމްބަރުންނާއި ބެހޭގޮތުން އެނގިފައިވަނީ އެންމެ ބިރުގަންނަ އެއްޗެވެ. މިއީ އާރމީގެ ކޮންމެ މީހަކު ވެސް ހޯދަން ބޭނުންވާނެ މަޢުލޫމާތެކެވެ.

ބީޓީއެސްގެ ލީޑަރ އާރްއެމް އެންމެ ބިރުގަންނަ އެއްޗަކީ ކޮބައިކަން ބުނެދެމުން ބުނެފައިވަނީ އެއީ ފައިދިގު މަކުނު ކަމަށެވެ. މި ގުރޫޕުގެ މެމްބަރުންގެ ތެރެއިން ކުރަފި ދެކެ އެންމެ ބިރުގަންނަނީ ޖޭ-ހޮޕްއެވެ.

ޖިން ބުނެފައިވަނީ އޭނާ އެންމެ ބިރުގަންނަނީ ޖިންނި ދެކެ ކަމަށާއި ބައެއް ފަހަރަށް ނިދާފައި އޮންނަ އިރު އޭނާ ކައިރީ ޖިންނިއެއް ހުންނަހެން ހީވާ ކަމަށް ވެސް ޖިން ބުނެފައިވެއެވެ.

މި ގުރޫޕުގެ ދެ މެމްބަރުން ކަމުގައިވާ ސުގާއާއި ވީ އެންމެ ބިރުގަންނަނީ ޕާކުތަކުގައި ހުންނަ ތަފާތު އެނބުރޭ އުނދޯލިތައް ކަމަށް މި ދެ މެމްބަރުން އެއްބަސްވެފައިވެއެވެ.

ޖަންކުކް ބުނެފައިވާ ގޮތުގައި އޭނާ އެންމެ ބިރުގަންނަނީ ބޮމާއި ނޭނގޭ ބާވަތްތަކުގެ އެއްޗެހި ގޮވުމުންނެވެ.

ބީޓީއެސްއަކީ އެމީހުންގެ ހުރިހާ ލަވައަކަށް ވެސް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބޭ ފަދަ ލަވަތަކެއް ގެނެސްދޭ ބޭންޑެކެވެ. ''ޑައިނަމައިޓް'' އާއި ''ބަޓަރ'' އަދި ''ޕާރމިޝަން ޓު ޑާންސް'' ފަދަ ލަވަތައް ދަނީ އެތައް ހަފުތާއެއް ވަންދެން ޗާޓުތަކުގެ އެއްވަނައިގައި ރަސްކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މއކ

    ކޮރެޔާ ބިޓުންކޮޅެއްދޯ

    18
    13
  2. މއކ

    މިހަމަ ދެކުނުކޮރެޔާގެ އަންހެން ކުދިންކޮޅެއްތަ

    15
    22
  3. ތތތތ

    އެންމާބަނޑު ހަތް އަންހެންކުދިންތަމީ

    12
    19
  4. ޖިންގެ ފޭންއެއް

    ޖޭވިޔަސް ތަންފުކެއް ބޮޑުވަރު

    9
    4