ބަރަހަނާ ފިލުމު އުފެއްދެމުގެ ތުހުމަތުގައި ހައްޔަރު ކުރި ރާޖް ކުންދްރާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ މަންމަ ސުނާންދާ ޝެޓީ ޝުދަކާރް ކިޔާ މީހަކާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސުނާންދާ ޝެޓީ މި މައްސަލަ ހުށަހަޅާފައިވަނީ ބިމުގެ މައްސަލައެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާއި ގުޅިގެން މުމްބާއީ ފުލުހުން މައުލޫމާތު ދެމުން ބުނީ ސުނާންދާ، ޝުދަކާރް އަށް ބިމާއި ގުޅޭ ފޭކް ޑޮކިއުމެންޓްތަކެއް ބޭނުންކޮށްގެން ބިން ވިއްކަމުންދާކަމަށެވެ. މި ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓު ކޮށްފައިވަނީ ސުނާންދާއަށް 1.6 ކްރޯރްއަށް ފޭކް ޑޮކުއިމެންޓްތައް ބޭނުންކޮށްގެން ބިމެއް ވިއްކުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުނާންދާގެ މައްސަލައެއް ފުލުުހުން ފައިލްކޮށްފައި މިވަނީ ބަރަހަނާ ފިލްމެއް އުފެއްދިކަމަށް ބުނާ މައްސަލަ ހޫނުވެފައިވަނިކޮށެވެ. ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ އިތުރުން، މިހާރު އޭނާގެ އާއިލާވެސް އޮތީ އެ މައްސަލައިގެ ތެރެއަށް ވަދެފައެވެ. މި މައްސަލައާއި ގުޅިގެން އެތައް ބަޔަކު ވާހަކަ ދައްކައި، ބަޔާންތަކެއް ދީފައިވާއިރު ބައެއް މީހުންގެ ވާހަކައިގައި އެ މީހުން ލައްވާ މަޖުބޫރުން ޖިންސީ ގުޅުން ހިންގުވާ ވީޑިއޯތައް ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެ ވިޑިއޯތަކާއި އިތުރު ކޮންޓެންޓްތައް ފަހުން ރާޖް ކުންދްރާއަށް ވިއްކާ ކަަމަށާއި، އެހެން އެޕްލިކޭޝަންތައް ގެންގުޅޭ މީހުންނަށްވެސް އެ ވީޑިއޯތައް ވިއްކަމުންދިޔަކަން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ރާޖް ކުންދްރާ ހުރީ މިވަގުތު 14 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 19ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.