ރާމާމަކުނަކީ ބޭރުގެ ގިނަ ގައުމުތަކުން ފެންނަ ޖަނަވާރެކެވެ. އިންސާނުންނާއި ކޮންމެވެސް ވަރަކަށް އެއްގޮތް ކަމެއް ހުންނަ މި ޖަނަވާރަކީ ވަރަށް ސްމާޓް ޖަނަވާރެއްގެ ގޮތުގައިވެސް އެއްބަޔަކު ފާހަގަކުރެއެވެ.

އެގޮތުން ދާދިފަހުން މީސް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނިގެން ދަނީ ރާމާމަކުނެއް ސްކޫލެއްގެ ތެރެއަށް ވަދެ، އެ ސްކޫލްގެ ޕްރިންސިޕަލްގެ ގޮނޑީގައި އިށީންދެގެން ސަކަރާތް ޖެހުމުގައި އުޅޭ ތަން ފެންނަ ވީޑިއޯއެކެވެ.

އިންޑިއާގެ ގްވަލިއޯރް ސިޓީގެ ސްކޫލެއްގައި މި ހާދިސާ ހިނގިއިރު، އެ ސްކޫލްގެ ސްޓާފް މެންބަރުން އެ ރާމާމަކުނަށް ބިރު ދައްކައިގެން އޭތި އެތަނުން ނެރެން މަސައްކަތް ކޮށްފައި ވެއެވެ.

ސަރުކާރުގެ އެ ސްކޫލް ތެރެެއަށް އެ ރާމާމަކުނު ވަދެ ޕްރިންސިޕަލް އޮފީސް ގޮނޑީގައި އެ މަކުނު ސަކަރާތުގައި އުޅުނުއިރު، ސްޓާފުން ކުރި މަސައްކަތުން އެ ރާމާމަކުނު އެތަނުން ބޭރު ކުރެވޭ ގޮތް ވަނީ ވެފައެވެ.

މީސް މީޑިއަގައި ދައުރުވަމުންދާ އެ މަަންޒަރު ފެންނަ ވީޑިއޯއަކުން ފެނިގެން ދަނީ ސްކޫލްގެ ޓީޗަރުންނާއި، އަދި ސްޓާފް މެންބަރު، އެ ރާމާމަކުނު އެ މީހުން ކައިރިއަށް އައުމަށް ގޮވަމުންދާ މަންޒަރެވެ. އެއީ އޭތި އެ ގޮނޑި ދޫކޮށްފައި އަތުވެދާނެ ކަމަށް ބަލައެވެ. އެހެން ނަމަވެސް އޭތި އެ ގޮނޑި ދޫކޮށްނުލިއެވެ. އެ މަކުނަށް ގޮނޑި މާ ކަމުދިޔައީ ކަމުގައި ވެދާނެއެވެ. އެ މަަކުނު މާބޮޑަށް އެތަނުގައި ތިބި މީހުން ކުރާ ކަންކަމަށް ނުބަލައެވެ. އެހެންކަމުން އޭތި އުޅެނީ އެ މީހުން ދެކެ ބިރުން ނޫންކަން އެނގެއެވެ.

އިންޑިއާގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ތައިލެންޑްގައިވެސް ރާމާމަކުނަތަކެއް މަގުމައްޗަށް ނުކުމެ، އުޅުމުގެ ތެރޭގައި ޓްރެފިކް މައްސަލަތަކެއް ދިމާވެގެން އުޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ބަލަ އިންޑިއާގެ ތަންދޮރު ނުދަންނަ ޖާހިލުންނަކީ މަކުނަށް އަޅުކަންވެސް ކުރާ ބައެއް ! ދެން ޕްރިންސިޕަލްގެ ގޮޑިއަށް މަކުނު އެރިއަސް އަޅާލާނެ ކަމެއް ނެތެއްނު ! އެއެއްޗިހިވެސް އެ އަންނަނީ ކިޔަވަން ! ދެން ކިޔަވާދީ !

    11
    1