ފޮޓޯގައި ފޮރުވިފައި ހުންނަ އެއްޗެހި ހޯދަން ވަގުތު ހުސްކޮށްގެން އުޅޭ މީހުން ވެސް އުޅެއެވެ. މީސް މީޑިއާއަކީ މިހާރު މިފަދަ ޗެލެންޖަތަަކަށް ހާއްސަ ތަނަކަށްވެފައިވާއިރު، މިފަދަ ޕޯސްޓްތައް އެތައް ހާސް ކޮމެންޓެއް ލިބޭ ކަން ފާހަގަކޮށްލެވެއެވެ.

އަދި ބައެއް ފަހަރު މަޝްހޫރުކަން ހޯދަންވެގެން ވެސް އާއްމުކޮށް މިގޮތަށް މީހުން ކަންތައް ކޮށް އުޅެއެވެ.

އެގޮތުން މިހާރު މިގޮތަށް އާއްމުންގެ ސަމާލުކަން ލިބިފައި ވަނީ، ތަފާތު އެކި ކަހަލަ ދިރޭ އެއްޗެހި ހޯދުމަށް ބުނެ މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކަށެވެ.

އިންސްޓަގްރާމްގައި ބްރޮންޒޯ ނަމަކަށް ކިޔާ އެކައުންޓަކުން އާއްމު ކޮށްފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ އެކި ކަހަލަ ދިރޭ އެއްޗެސްތަކެވެ. އެހެން ނަމަވެސް ވީޑިއޯ ފަށައިގަންނަތަނުން އެތަކެތި ހޯދުމަށް އަންގައެވެ. އޭގެ ފަހުން ކުޑަ އިރުކޮޅެއް ތެރޭ އެ ފޮޓޯއެއްގައިވާ ދިރޭ އެއްޗެއް ދައްކުވައިދެއެވެ.

އެގޮތުން ކޮންމެ ފޮޓޯއަކަށް 7 ސިކުންތު ދިނުމަށް ފަހު ފޮޓޯގައި ފޮރުވިފައިވާ ދިރޭއެއްޗެއް ދައްކުވައިދެއެވެ. މިގޮތަށް 3 ދިރޭއެއްޗެއް ހޯދުމަށް އެކި ކަހަލަ ފޮޓޯތައް އެ ވީޑިއޯގައި ވަނީ ހިއްސާ ކޮށްފައެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯ މިހާތަނަށް 4000 އަށްވުރެ ގިނަ ބަޔަކު ބަލާފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ވަރަށް ތަފާތު ދިރޭ އެއްޗެހިތައް ކަމަށާއި އެތަކެތި ހޯދަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޖާ ވީޑިއޯއެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު