ފުޓުބޯޅަ ޓީމެެއް ނެރެވޭ ވަރަަށް ދަރިން ހޯދުމަކީ އާންމުންގެ ތެރޭގައި ޖޯކަކަށް ހަދައި ބޭނުންކުރަމުން އަންނަ ބަސްތަކެކެވެ. ނަމަވެސް، 11 ދަރިން ތިިބި މި ޒުވާން މިލިއަނަރުގެ ވިސްނުން ތަފާތެވެ. އެންމެ މަދުވެގެން 100 ދަރިން ބޭނުންވާކަމަށް އޭނާ ބުނެއެވެ.

ރަޝިއާއަށް ނިސްބަތްވާ ކްރިސްޓީނާ އޮޒާކް އަކީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. ބިއޮލޮޖިކަލީ މިހާރުވެސް 11 ކުދިންގެ މަންމަ އަކަށްވެފައިހުރި އެ ޒުވާނާ ބޭނުންވަނީ އޭނާއަށް މަންމާއޭ ކިޔާފަ ގޮވާލާނެ އަދިވެސް ގިނަ ކުދިންތަކެކެވެ. އެއީ ކްރިސްޓީނާ ކުރާ ފޮނި އުންމީދެކެވެ.

ކްރިސްޓީނާ އާއި އޭނާގެ 56 އަހަރުގެ ފިރިމީހާ ގާލިޕް އޮޒާކް ބޭނުންވަނީ 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ވިޔަސް 100 ކުދިން ހޯދާށެވެ. އެވަރަށް ކުދިން ނުވިހޭނެކަމަށް ގަބޫލުކޮށް ކްރިސްޓީނާ ބޭނުންވަނީ ބިސް ލައްވައިގެން ކުދިން ހޯދާށެވެ. މިހެން ކަން ކުރުމުން ޖެނެޓިކަލީ އެއީ ކްރިސްޓީނާއާއި ގާލިފްގެ ކުއްޖަކަށްވީ ކަމުގައި ވިޔަސް ކުއްޖާ ވިހާނީ އެހެން އަންހެނެކެވެ.

ކްރިސްޓީނާގެ 11 ކުދިން ތިބި އިރު އޭގެ ތެރެއިން އޭނާ ބަނޑުއަޅައި ވިހާފައިވަނީ އެންމެ ކުއްޖެކެވެ. މާނައަކީ ބާކީ ތިބި 10 ކުދިން އެއީ އޭނާ ސަރަގޭޓް މަންމައިން މެދުވެރިކޮށް ހޯދާފައިވާ ކުދިންނެވެ.

"އަހަރެން މާބަނޑުވެ ދުނިޔެއަށް އުފަންކުރީ ދޮށީ ދަރިފުޅު ވިކާ. އެއީ މީގެ 6 އަހަރު ކުރިން. ދެންތިބި ކުދިންނަކީ ޖެނެޓިކަލީ އަހަންނާއި އަހަރެންގެ ފިރިމީހާގެ ދަރިން. އެކަމަކު ވިހެއީ އެހެން މީހެއް" ކްރިސްޓީނާ ބުނެފައިވެއެވެ.

މި ދެމަފިރިންގެ އެންމެ ހަގު ދަރިއަކީ އޮލީވިއާއެވެ. އެކުއްޖާއަށް އަދި 11 މަސް ކަމަށް ސަން ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. މި ދެމީހުންގެ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ބުނެފައިވަނީ ބޭނުންވަނީ 105 ކުދިން ކަމަށެވެ. އަދި އެއީ ހަމަ ރޭންޑަމް ނަންބަރެއް ކަމަށާއި ބޭނުންވަނީ ކިތައް ކުދިންކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.

ނަމަވެސް، މި ދެމަފިރިން ޔަގީން ކޮށްދީފައިވާ އެއްކަމަކީ 11 ކުދިންނާ ހިސާބުން އަދި ދަރިން ހޯދުން ހުއްޓައި ނުލާނެ ކަމެެވެ.

ކްރިސްޓީނާ އަކީ ކުޑަ ކުދިން ދެކެ އާދަޔާޚިލާފު ލޯތްބެއް ވާ މީހެކެވެ. އެހެންކަމުން ހުރިހާ ކުދިން ވެސް ބެލެހެއްޓުމުގައި އަމަލީ ގޮތުން ކްރިސްޓީނާ ބައިވެރިވެއެވެ. ދެމަފިރިންނަކީ މިލިއަނަރުން ކަމަށް ވާތީ ކިތަންމެ ގިނަ ދަރިން ލިބުނަސް އެމީހުންނަށް އެދަރިން ބެލެހެއްޓުމާއި ތައުލީމު ފޯރުކޮށްދިނުމުގައި އަދި ދަރިންނަށް ބޭނުންވާ އެހެނިހެން ކަންތައްތައް ކޮށްދިނުމަށް އެއްވެސް ދައްޗެއް ނެތެވެ. ދެމީހުންގެ ވެސް އަމާޒަކީ ދުނިޔޭގައި މިހާތަނަށް އޮތް އެންމެ ބޮޑު އާއިލާއަށްވެ ދުނިޔޭގެ ރިކޯޑެއް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު