މުޅި ދުނިޔެއަށް މަޝްހޫރު ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑެއް ކަމުގައިވާ ބީޓީއެސްއަކީ ސަޕޯޓަރުން އެންމެ ގިނަ އެއް ބޭންޑު ކަމުގައި ބުނެވިދާނެއެވެ.

ހަތް މެމްބަރުން ހިމެނޭ މި ބޭންޑުގެ ލީޑަރ އާރްއެމް ވަނީ ބޭންޑުގެ މެމްބަރެއް ކަމުގައިވާ ސުގާއާއި ބެހޭގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކައިފައެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން އާރް އެމް ބުނެފައިވަނީ ބޭންޑުގެ މެމްބަރުންގެ ތެރެއިން ވަކީން ހާއްސަ ސަމާލުކަމެއް ސުގާއަށް ދޭ ކަމަށެވެ.

ބޭންޑުން ކިޔާ ލަވަތައް އަމިއްލައަށް ލިޔަމުން އައި އާރްއެމް ލަވަ ހެދުމުގައި މިހާރު ވަރަށް ލަސްކަމަށާއި ކުރިން ލަވައެއް ހަދާލާހައި އަވަހަށް މިހާރު އެކަން ނުވާ ކަމަށް ވެސް އާރްއެމް ބުނެފައިވެއެވެ.

ނަމަވެސް މި ގުރޫޕުގެ މެމްބަރެއް ކަމުގައިވާ ސުގާ ވަރަށް އަވަހަށް ލަވަ ހަދާ ނިންމާލާ ކަމަށާއި އެއްފަހަރާ ވެސް ގިނަ ލަވަތަކެއް ހަދާ ކަމަށް އާރްއެމް ބުނެފައިވެއެވެ. އަދި އެއީ ޕްރޮޑިއުސަރެއްގެ ނަޒަރުން ވިސްނާތީ ކަމަށް ވެސް އާރް އެމް ބުނެފައިވެއެވެ.

އާރްއެމްއަށް ވުރެ އަވަހަށް ގިނަ ލަވަތަކެއް ސުގާ ހަދާތީ އެކަމާ ''ޖެލަސް'' ވި ނަމަވެސް އެއީ ސުގާއަށް ހާއްސަ ސަމާލުކަމެއް ދެވޭ ކަމެއް ކަަމަށާއި ވަރަށް އުފާވާ ކަމެއް ކަމުގައި އާރްއެމް ބުނެފައިވެއެވެ.

ސުގާ ރަނގަޅު މޫޑެއްގައި ހުރި ނަމަ ތިން ގަޑި އިރާއި އަށް ގަޑި އިރުގެ ތެރޭގައި ލަވައެއް އެއްކޮށް ނިންމާލައެވެ. ސުގާގެ ބައެއް ލަވަތަކަކީ ސީސޯ، ސައިފަ ފަދަ ލަވަތަކެވެ.

އާރް އެމްއަށް މިހާރު އެހާ އަވަހަށް ލަވަ ނުހެދުނު ނަމަވެސް ލަވަ ހެދުން ހުއްޓައެއް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު