މީހެއްގެ ދިރިއުޅުމުގައި ދިމާވާނެ ކަމެއް ނޭނގޭނެއެވެ. އެހެން މީހަކު އުޅޭ ހާލާއި ހަށިގަނޑުގައި އަޅާ ވޭނާއި، މީހާގެ ހިތުގައިވާ އެއްޗެއް އެނގޭ ނަމައޭ ހިތަށް އަރައެވެ. އަހަރެންނަށް މިއަދު އެ ކަންތައް އެނގޭ ނަމަ އެ އެކުވެރިޔާގެ ހާލަތު އެނގޭނެއެވެ.

މީސް މީޑިއާއަކީ ދުނިޔޭގެ އެތަން މިތަނުގައި ތިބޭ ރައްޓެހިންނާ ގުޅުން ވަރުގަދަކޮށްދޭ އެއް ޕްލެޓްފޯމަށް ވާއިރު، އެ ޕްލެޓްފޯމުން އެތައް ގާތް އެެކުވެރިންނަކާއި ދިމާވެއްޖެއެވެ. އެފަދަ ޕްލެޓްފޯމްތަކުން ދިމާވި ރަހުމަތްތެރިންް ވަރަށް ރަނގަޅެވެ. ދުނިޔޭގެ އެތަން މިތަނުން އެތައް ބަޔަކާއި ދިމާވެ އެތައް ވާހަކައެއް ދެކެވުނެވެ. މިއީވެސް އެގޮތަށް ދިމާވި އެކުވެރިއެކެވެ. އަހަރެންނަށް މިއީ ލޯބިވެރިއާއޭވެސް ބުނެވިދާނެއެވެ. ވާހަކަދެއްކީ އެހާ ގާތް ކޮށެވެ. އޭނާ އަހަރެންގެ މުޅި ހިތް ފަތަހަ ކޮށްލިއެވެ. ހަމައެކަނި ކޮށްލާ އޭނާގެ ރީތި މޫނުގެ ސެނެޕް ތަކުންނެވެ.

އެއީ 2018 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ އެކުވެރިޔާ އާ ދިމާވީ ސްނެޕުންނެވެ. އަބަދުވެސް ގުޑް މޯނިންގ، ގުޑް އާފްޓަނޫން، ގުޑްނައިޓް ސްނެޕް ކުރެއެވެ. އާދައިގެ މަތިން ސްޓްރީކްވެސް ކުރެއެވެ. މިގޮތަށް ގޮސް ގުޅުން ވަރަށް ރަނގަޅުވެއްޖެއެވެ. ހާލު އަހާލެވި ކަންކަން ކުރިއަށް ދިޔައެވެ. އެއިރު އަހަރެންގެ އުމުރަކީ 18 އަހަރެވެ. އޭނާ ބުނިގޮތުން ނަމަ އުމުރަކީ 21 އަހަރެވެ. ވަރަށް ގިނައިން ދެ މީހުން ސެންޕްކޮށް ހަދަމުން ދާއިރު، ދެ މީހުންގެ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދެން ފެށިއެވެ. އެކަމަކު އޭނާއަކީ ސީދާ ކާކުކަން އަހަރެންނަށް އަދި އަދަށް ދާންދެންވެސް ނޭނގެއެވެ. އޭނާއަށް އަހަރެން އެނގޭ ކަމަށް ބުންޏެވެ.

ލައްކައަށްވުރެ ގިނަ މީހުން މި އުޅޭ މާލޭގައި ދެ މީހުން ދިރިއުޅެމުންދާއިރު، ދުވަހަކުވެސް ބައްދަލުވާން ނާހައެވެ. އެކަމަކު ދެ މީހުން އަބަދުވެސް އެކަކު އަނެކަކުގެ މޫނު ސެނެޕްކޮށް ހަދައެވެ. އެހެންވެ "އަނެއްހެން" ފެނި ދެނެވި މީހެއްގެ ގޮތަށް އަހަރެން އޭނާ ދަންނަމެވެ. އެކަމަކު މިއަދު އަހަރެން އޭނާ އެނގެން ބޭނުން ވެއެވެ. އެއީ އަހަރެންގެ ހިތުން ފުރަތަމަ ޖާގައެއް ލިބުނީ އޭނާ އަަށެވެ. އޭނާގެ ނަން އަހަރެން ހާމަ ކުރަން ބޭނުން ނޫނެވެ. އެއީ މިއަދު އަހަރެން އޭނާއާ ދުރަށް ގޮސް ހުރީމައެވެ.

އަހަރެންގެ ފުރަތަމަ ލޯބިވެރިޔާއަކީ އެއީއެވެ. އެހެންކަމުން އޭނާގެ އެ ސޫރަ ހިތު ތެރޭގައި ވާނެއެވެ. އަދި އެ ރީތި މޫނު އަހަރެންގެ ހިތް އަބަދުވެސް ކިޔާނެއެވެ. އެ ރީތި ހަށިގަނޑުގައި އަބަދުވެސް ބައްދާލަން ބޭނުން ވާނެއެވެ.

އަހަރުމެންގެ އެ ގުޅުމަކީ ސިއްރު ގުޅުމެކެވެ. އެއްވެސް މީހަކަށް އެކަން ނޭނގޭނެއެވެ. އެކަމަކު އަހަރެން އެއިރު އުޅޭ ގޮތުން އަހަރެންގެ ދިރިއުޅުމަށް ބަދަލު ތަކެއް އަންނަ ހެން ހީވެގެން އަހަން ފެށިއެވެ. އެއީ ހެނދުނު ހޭލާއިރު އަހަރެން ފޯނު ބަލާ ކޮންމެ ދުވަހަކު މޫނު މަތިން ފެންނަ އެ އުޖާލާކަމުގެ ސަބަބުން ކަމަށް ވެދާނެއެވެ. އެކަމަކު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަހުން އަހަރެންގެ މޫނު މަތިން އެ އުޖާލާ ކަން ގެއްލިއްޖެއެވެ.

އެއީ އޭނާ އަހަރެންނަށް ގުޑްބާއި ކިޔާފައި ފޮނުވި ސެނެޕާއެކު އަބަދަށް ގެއްލިގެން ދިއުމުންނެވެ. އަހަރެން އެ ސެނެޕް ހުޅުވި ފަހުން އަހަރެންނަށް ސްނެޕް ބެކް ކުރެވުމުގެ ކުރިން ބްލޮކް ކޮށްލައިފިއެވެ. ވީގޮތެއް އަދި އަދަށް ވެސް ނޭނގެއެވެެ. އަހަރެންނަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ އޭގެ ހަަތަރު ދުވަސް ފަަހުން އަހަރުމެން ދެ މީހުން އަސްލަށް ބައްދަލު ވާން ކިޔައިގެން ތިބި ދުވަހަށް ވުމުންނެވެ. އެ ބައްދަލު ކުރާ ދުވަސް ވެގެން ދާނީ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގޮށެއް ޖަހާލެވޭނެ ވަރުގެ ދުވަހަކަށެވެ. އެއީ އުއްމީދުކޮށްގެން ތިބި ގޮތެވެ.

އޭނާ ބައްދަލުވާން ނިންމީ 2019 ވަނަ އަހަރުގެ ޑިސެންމަބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ގަޑި ކިޔައިގެން ތިބީ މޭރީ ބްރައުންއަށް ދިއުމަށެވެ.

އޭގެ ފަހުން އަހަރެންނަށް ރަނގަޅަށް ނުނިދެއެވެ. ނުކެވެއެވެ. ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ދިރިއުޅުމުގައި ގޯސް ބޮޑުކަމެއް ކުރެވިއްޖެ ކަހަލަ އިހުސާސްތަކެއް ވާން ފަށައިފިއެވެ. އަހަރެންނަށް އޭނާ ދެކެ ލޯބި ވެވުނީ ކަން ޔަގީނެވެ.

ޑިސެންބަރު 19 ވަނަ ދުވަހުއެވެ. އޭނާ އަހަރެންނަށް ސެންޕް ކޮށްލާނެ ކަމަށް އުއްމީދު ކޮށްގެން ހުރީމެވެ. އެނބުރި އަތުވެދާނެ ކަމަށް އުއްމީދުކޮށްގެން ހުރީމެވެ. އެކަމަކު ވީ ކަމެއް ހަރާމެވެ. އޭނާގެ އެއްވެސް ސެނެޕެއް އަހަރެންނަށް ނައެެވެ. އެ ދުވަހު ހިތަށް އެރިއެވެ. އަހަރެންނަށް އޭނާގެ ނަމްބަރު ނުނެގުނީމައެވެ. އެއީވެސް ކުރެވުނު މޮޔަކަމެކެވެ.

އަހަރެން އެ ދުވަހު ވަރަށް ނަލަ ހެދިލައިގެން މާބޮނޑިއެއް ހިފައިގެން އަހަރުމެން ބައްދަލު ކުރަން އޮތް ދުވަހު މޭރީ ބްރައުންއަށް ދިޔައީއެވެ. އެތަނުގެ މަތީގައި އިށީނދެ އެތައް އިރެއް ވަންދެން އިންތިޒާރު ކުރީމެވެ. ދެ މީހުންނަށް ކާ އެއްޗެހިވެސް އޯޑަރު ކުރީމެވެ. އެކަމަކު އޭނާ ނައެވެ. އަހަރެން އެކަނި އެތަނުގައި އެތައް އިރެއް ހޭދަ ކުރުމަށްފަހު މާބޮނޑި ހިފައިގެން ގޮސް ޑަސްޓްބިނަށް ލާފައި އެނބުރި ގެއަށް ދިޔައީމެެވެ.

އޭގެ ފަހުންވެސް އޭނާ އަހަރެން ގާތުގައި ބުނި ނަން މީސް މިޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޖަހައިގެން ހޯދީމެވެ. އެކަމަކު އެ ނަމުގައި އަންނަ މީހުންނަކީ އޭނާއެއް ނޫނެވެ. އަދިވެސް ހިތަށް އަރަނީ އަހަރެންގެ މޮޔަ ކަމެވެ. އަހަރެންގެ ހިތުން ޖާހަ މި ދެވުނީ ކާކަށް ކަމެއްވެސް ނޭނގެއެވެ.

އޭނާއަކީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާއެވެ. ކުރިއަށް އޮތް ތަނުގައި އަހަރެންގެ ދިރިއުޅުމަށް ވާނެ ގޮތެއް ނޭނގެއެވެ. އަހަރެން މި ދަނީ ރާއްޖެއިން ބޭރަށް ފުރައިގެންނެވެ. އެނބުރި އަންނާމަވެ. އިންތިޒާރުގައި އަދިވެސް ހުންނާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފޫހިގަނޑެއް

    ވަރަށް ކިޔާ ހިތުން ފެށީ. އެކަމް ސްޓޯރީ ވަކި ހިސާބަކުން ކިޔުން ހުއްޓާލައިފިން. ފޫގަނޑެއް

    18
    3
  2. Anonymous

    ތިޔައީ އަންހެނެތްތަ؟ ފިރި ހެނެއްތަ؟
    އަހަރެންވެސް 5 އަހަރު ވަންދެން ތިޔަކަހަލަ ލޯތްބެއް ވީން... އަދިވެސް ހަގީގަތަކީ ކޮބާ ކަމެއް ނޭނގެ...

    25
    1
    • ައަލީ

      ގަމާރުކަން...ބަލަ މާބޮޑިއެއް ހިފާގެންދާނީ ފިރިހެނެއް ވީމަދޯ. އެލްއޯއެލް

      6
      3
    • އަލީ

      މިވާހަކަ ކިޔާލީމަ ވައްތަރީ ފިރިހެނެއް އަންހެން ކުއްޖެއް ކަމައްހެދިގެން އެފިރިހެން މީހާ ފޮޓޯއެއް ދައްކާގެން ހައްދާލައިގެން އުޅުނުކަން. ދެން ބައްދަލުކުރަން ނިންމިހިސާބުން ތިކަންތިނިމުނީ. ދެންކިތަންމެވަރަކައް އިންތިޒާރު ކުރިޔަސް އޭނައެއް ނާއްނާނެ.

      12
  3. ޒަމާނީ

    ތިޔައީ މިޒަމާނުގެ ޒަމާނީ ތަހުޒީބުގެ ތެރޭގައި ހިމެނޭ ތަހުޒީބު ކަމެއްކަމަށް މި ގައުމުގައި ތަހުޒީބުކަމަށް ދައުވާކުރާ މީހުން ދެކިގެން އުޅޭ ގޮތް. ތަހުޒީބު ކަމަކީ ދޮގުހެދުމާއި އޮޅުވާލުމާއި މަކަރުހެދުމާއި ހީލަތް ހެދުން ކަމަށް މިގައުމުގެ ގިނަ ބަޔަކު މިއަދު ގަބޫލުކުރޭ. އަދި ތަހުޒީބުގެ ނަމުގައި މީސްމީހުންގެ އަތުން ފައިސާ އަތުލުމަކީ މިއަދުގެ ޒުވާނުންގެ މެދުގައި އާންމުވެފައި އޮތް ކަމެއް.

    13
    1
  4. ހަސަދު

    މިއީ ނޫހުގައި ޖަހާވަރުގެ ވާހަކައެއްބާ!!!.

    15
    5
    • ހޫ

      ނޫހުގައި ޖެހީމަ އަހަރެންނަށްވެސް އެއްޗެއް ދަސްވެއްޖެ މިހެން ފެންނަހާ މީހަކަށް ހިތްދިނުމުގައި ސަމާލުވާން ޖެހޭކަން.

      18
  5. މޯރޯން

    މަބުނީ ވަގުތު ކުދިންނަށް “މީސް މީޑިއާ” މިބަސް ދިވެހި ކޮއްލި އިރު “މީޑިއާ” މިބަސް ދިވެހި ނުކުރެވުނީ ކީއްވެބާ
    ބޮލަށް ތުރާ މިމީހުން ބަސްތައް ދިވެހިކުރަން އުޅޭ ޒާތުން ސަހާދެއް

    5
    2