އިނގިރޭސި ވިލާތުގެ ދެ އަންހެނަކު ފިރިހެނެއްގެ ފޫކޮޅުގައި ޖެހި މައްސަލައެއް އެގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 19 އަހަރުގެ ސްކާލެޓް ބެއާހަމް އާއި ހަނާ ފިލިޕްސް ނަމަކަށް ކިޔާ އެ ދެ އަންހެނުން އެ ފިރިހެން މީހާގެ ފޫކޮޅުގައި ޖަހާފައިވަނީ އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޕޯޓްސްމައުތްގެ މަގުމަތިންނެވެ. އެ ސިޓީއަކީ ނައިޓްކްލަބްތައް ގިނަ ތަނެއް ކަމުން ރޭގަނޑު ގަޑީގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވެއެވެ.

އެ ގައުމުގެ ފުލުހުން ބުނީ އެ ދެ އަންހެނުންނަކީ އެ ގައުމުގެ އަވަށެއް ކަމަށްވާ ބެދަމްޓަންއަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ. އެމީހުންގެ އިތުރުން 19 އަހަރުގެ އިތުރު އަންހެނަކު ވެސް އެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށް ވަނީ ހައްޔަރު ކޮށްފައެވެ.

ފިރިހެން މީހާގެ ފޫކޮޅުގައި ޖެހި ކަމަށް ބުނާ ދެ އަންހެނުން

ފިރިހެނެއްގެ ފޫކޮޅުގައި ޖެހި މައްސަލައިގައި އެ ތިން މީހުން މިއަދު ވަނީ ޕޯޓްސްމައުތް ދަށު ކޯޓަކަށް ގެންގޮސްފައެވެ. އެތަނުން ދެ މީހެއްގެ މައްޗަށް ޖިންސީ ފުރައްސާރައެއް ކުރި ކަމަގެ ދައުވާ ކޮށްފައިވާއިރު، އަނެކަކުގެ މައްޗަށް އެފަދަ ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ފިރިހެން މީހާގެ ފޫކޮޅުގައި ޖެހި ކަމަށް ބުނާ ސަރަހައްދު

އަދި ކަފާލާތުގެ ދަށުން މިހާރު ވަނީ އެ ތިން މީހުން ވެސް ދޫކޮށްލާފައެވެ. ނަމަވެސް އަންނަ މަހުގެ ތެރޭގައި ދެވަނަ އަޑު އެހުމަކަށް އެމީހުން ކޯޓަށް ހާޒިރު ވާން ވަނީ އަންގާފައެވެ.

ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އެ ދެމީހުންނަށް ކޮށްފައިވާއިރު، މީޑިއާތައް ބުނާ ގޮތުން އެމީހުން އެކަމާއި ދެކޮޅު ހަދާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނައިބެ

  ތިކަން ބޮޑުމައްސަލައަކަށް ތިވީ ތަންކޮޅެއް ދުވަސްވީ ދެ އަންހެނުންވީމައެވެ. ޒުވާން 12 އަންހެނުން އެއްފަހަރާ ފޫކޮޅުގަޖެހިޔަސް ތިއީ ކަމަކަށް ނުވީހެވެ.

  12
  1
  • މަބުނީ

   19 އަހަރުގެ ދެ އަންހެނުން ޖެހިވާހަކަ އެއޮތީ..ކިހާވަރަކަށްބާ ދެން ޒުވާން ވާނީ..

   8
   1
  • އަޖައިބެ

   19އަހަރުގެ ދެއަންހެނުންކަމަށް އެއޮތީ . އެއީދުވަސްވީ އަންހެނުންތޯ؟

 2. ކޮތަރު

  19 އަހަރުގެ އިތުރު އަންހެނެކޭ އޮތީ. ގަޔަށް އަތްލި 2 މީހުންގެ އުމުރެއް ނެތް.

  2
  2
  • ލަވީޓޯ

   ކޮތަރު މަތީގަ އުދުހެމުން ހަބަރު ކިޔާތީވާ ގޮތް ކަންނޭނގެ މީ.ލިޔުން ރަނގަޅަށް ނުކިޔާ ކޮމެންޓު ތިކުރަނީ..މަތީގަ އުދުހި އުދުހި ނޯވެ ހަމަބިމަށް ފައިބައިގެން ނިކަން ރަނގަޅަށް ލޯ ސާފުކޮށްގެން އަދި އެއްފަހަރު ލިޔުން އެއްކޮޅުން އަނެއް ކޮޅަށް ކިޔާލަން ފެނޭ..