ހިކަނދިފަތަކީ ދިވެހިންގެ ގިނަ ކެޔުންތަކުން ޖާގަ ހޯދާ އެއްޗެކެވެ. ކޮންމެ ކަހަލަ ރިހައެއް ކެއްކިޔަސް ހިކަދި ފަތަކީ އޭގެ ރަހަ މީރުކޮށްލުމަށް ކޮންމެހެންވެސް ބޭނުންވާ އެއްޗެކެވެ. ހިކަދި ފަތުގެ ރަހަޔަކީ ގިނަ ބަޔަކަށް ކަމުދާ ރަހަޔަކަށް ވީނަމަވެސް، ހިކަދި ފަތްކަނީ ހިކަދި ފަތުން ލިބޭ ފައިދާތައް އެނގިގެން ކަމަށްވާނަމަ މިހާރު ކާ ވަރަށްވުރެ ދެ ގުނަ އިތުރަށް ހިކަދި ފަތް ބޭނުން ކުރާނެއެވެ.

ހިކަދި ފަތަކީ މީހާގެ ބަރުދަން ލުއިކޮށްލުމަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިގޮތުން ހިކަދި ފަތަކީ ހަށިގަނޑުގައި ހުންނަ ނުބައި ކޮލެސްޓްރޯލް އަންދާ އަދި ހަށިގަނޑުގައި ހުރި ފެޓްތައް އަންދާ އެއްޗެކެވެ. ހިކަދި ފަތުގައި ހުންނަ މަހަނިމްބައިން ކިޔާ މާއްދާއެއްގެ ސަބަބުން މާބޮޑަށް ހަށިގަނޑު ފަލަވުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ޓްރިގުލިސައިޑްގެ މާއްދާތަށް މަދުކޮށްދީ ހަށިގަނޑު ލުއިކުރުމަށް އެހީތެރިވެދެއެވެ.

ހިކަދި ފަތް ބޭނުންކޮށްގެން ހަށިގަނޑު ހިއްކާލާނީ ކިހިނެތް؟

40 ވަރަކަށް ހިކަދި ފަތް އެއްތަށީގެ ފެން އަޅާ ހޫނު ކުރާށެވެ. ކެކުމުން ހިކަދި ފަތްތައް ނަގާށެވެ. އަދި މާމުއި އަދި ލުބޯ ހުތް އަޅާ ށެވެ.

މި ޖޫސް ކޮންމެ ދުވަހަކު ހުސްބަނޑާހުރެ ބޭނުން ކުރާށެވެ. އެންމެ މޮޅީ ހޭލާ ގޮތަށް ބޭނުން ކުރުމެވެ. މިގޮތަށް 1 މަސް ދުވަހު ބޭނުން ކުރާއިރު ތަފާތު ފެންނާނެއެވެ.