އިނގިރޭސި ވިލާތުގައި ބޭއްވި ކޮތަރު ރޭސް މުބާރާތަކަށް ދޫކުރި 250،000 ކޮތަރުގެ ތެރެއިން 90 އިންސައްތަ ކޮތަރު ބާމިއުޑާ ޓްރޭންގަލްގެ ތެރެއަށް ގެއްލުމުން ކޮތަރުގެ ވެރި ފަރާތްތަކުން ކަންބޮޑުވެއްޖެއެވެ.

ޖޫން މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ މުބާރާތުގައި ބައިވެރިވި ބައެއް ކޮތަރުތައް ހޮލެންޑް އަދި މަޖޯކާ ފަދަ ދުރު ސަރަހައްދުތަކުން މަދުމަދުން ފެނިފައި ވެއެވެ.

ބާމިއުޑާ ޓްރޭންގަލްއަކީ އެޓްލާންޓިކް ކަނޑުގައި ފްލޮރިޑާއިން ޕުއެޓޮރިކޯއާ ހިސާބަށް އޮންނަ ތިނެސްކަން ކަނޑުގެ ސަރަހައްދެކެވެ. މިތަނުގެ ހަގީގަތް މިއަދާ ހަމައަށްވެސް ހޯދިފައި ނުވާ އިރު މިތަނަކީ އަޖައިބުން ފުރިގެންވާ އެތައް ވާހަކަތަކެއް ދެކެވޭ ކަނޑުގެ ބޮޑު ސަރަހައްދެކެވެ.

ކޮތަރުތައް ގެއްލިގެން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އިރުމަތީ އުތުރުގެ ޕީޓާބޮރޯ ސަރަހައްދުން ރޭހަކަށް ފޮނުވި 9،000 ކޮތަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ކޮތަރު ގެއްލިގެންނެވެ.

ކޮތަރުތަކަކީ މީގެ އެތައް ސަތޭކަ އަހަރުއްސުރެ ކުރިންވެސް ސިޓީފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ފޮނުވުމުގައި ބޭނުންކުރާ ދޫންޏެކެވެ. ވަކި ގޮތަކަށް ތަމްރީނުކޮށް މިނިވަންކަމާއެކު ދޫކޮށްލާ މިފަދަ ކޮތަރުތަކަކީ ބައެއް ފަރާތްތަކުން ވަރަށް ލޯބިން ގެންގުޅޭ ދޫންޏެކެވެ.

ކޮތަރު ރޭސްތަކަށް އުދުއްސާލި އެތައް ހާސް ކޮތަރެއް ބާމިއުޑާ ހިސާބުން ގެއްލިފައިވާއިރު އެކަކު ބުނީ އޭނާ އެކަނި ވެސް 1،400 ކޮތަރު ދޫކޮށްލި ކަމަށެވެ. އަދި 92 މޭލުގެ ރާސްތާއެއް ކަނޑައްތު ކުރުމަށްފަހު އައީ ފޮނުވާލި ކޮތަރުތަކުގެ ތެރެއިން 300 އަށްވުރެ މަދު ކޮތަރުތައް ކަމަށް އޭނާ ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެ ކޮތަރުތަކުގެ މިސްރާބު އޮޅި އެކި ދިމާތަކަށް ގޮސް އެ ކޮތަރުތައް ގެއްލުނީއެވެ.

ބާމިއުޑާ ޓްރޭންގަލް އޮންނަ ހިސާބު
ފޮޓޯ: ގޫގުލް

ހަގީގަތް ނޭނގޭ ބާމިއުޑާ ޓްރޭންގަލް އިން މަތިންދާ ބޯޓުތަކާއި ކަނޑު ބޯޓުތައްވެސް ދަތުރު ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކާކު ބުނީ ބާމިއުޑާ ޓރޭންގަލް އިން ކަނޑު ބޯޓު ދަތުރު ނުކުރެޔޭ މި އަހަރުވެސް 3ފަހަރަށް އަހަރުމެން އެތަނުން ދަތުރު ކުރިން. މިހާރުވެސް މި ދަނީ ޖިބުރޯލްޓާ އިން ފުރަ އިގެން އެމެރިކާ ނި އު އޯލެެންސް އަށް ދާން މި ދަތުރުގަވެސް ދާނީ ބާމި އުޑާ ޓުރޭންގަލް ތެރޭން.